ފުލުހުންގެ ވަޒީފާއަށް އަމާޒުކޮށްގެން ބޭއްވި އޯޕަންޑޭގައި 170 ފަރާތުން ވަޒީފާއަށް ވަންނަން ޝަޢުޤުވެރިކަން ފާޅުކޮށްފިއެވެ.
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގައި އިއްޔެ ކުރިއަށް ގެންދިޔަ އޯޕަންޑޭއަށް ތިން ސަތޭކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށް ފުލުހުންގެ އެކި ދާއިރާތަކާ ގުޅޭ މައުލޫމާތު ވަނީ ހޯދާފައެވެ. އޭގެ ތެރެއިން 170އަށްވުރެ ގިނަ ފަރާތުން ވަނީ ވަޒީފާއަށް ވަނުމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ.

ޝަޢުޤުވެރިވާ ފަރާތްތަކަށް ވަޒީފާއަށް ފޯމް ހުށަހެޅޭ ގޮތަށް ކުރިއަށް ގެންދިޔަ މި އޯޕަންޑޭގައި ވަނީ 64 ފަރާތަކުން ފޯމް ހުށަހަޅާފައެވެ.
ފުލުހުންގެ ވަޒީފާއަށް ވަންނަން ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ފުރުޞަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
advertisment
ހިޔާލު