މިލަންދޫ ސްކޫލްގެ 75 ވަނަ އަހަރީ ދުވަހަށް ލޯގޯއެއް ފަރުމާކުރަން ހުޅުވާލައިފި

ށ. މިލަންދޫ ސްކޫލްގެ 75 ވަނަ އަހަރީ ދުވަހަށް ލޯގޯއެއް ފަރުމާކުރަން އެ ސްކޫލުން އާންމުކޮށް ހުޅުވާލައިފިއެވެ.

އެ ސްކޫލުން ބުނީ ކޮންމެ މީހަކަށް ވެސް ލޯގޯ ފަރުމާކުރުމުގައި ބައިވެވޭނެ ކަމަށާއި، އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ލޯގޯގެ ފަރުމާތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ހުށަހަޅާ ލޯގޯގެ ޝަރުޠެއް ކަމަށް ކަނޑައަޅާފައި ވަނީ، 75 އަހަރު ރަމްޒުކޮށްދިނުމާއި، އެ ސްކޫލްގެ ކުލަތައް ކަމުގައިވާ ނުލާ، ފެއްސާއި ހުދު ހިމެނުމާއި، ތަޢުލީމީ މުއައްސަސާއެއްކަން ރަމްޒުކޮށް ދިނުމުގެ އިތުރުން އަމިއްލަ އުފެއްދުމަކަށް ވުމެވެ.

ހަ ސަތޭކައެންހާ ދަރިވަރުން ކިޔަވަމުންދާ މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަށެވެ.

މިލަންދޫ ސްކޫލުން ބުނީ، އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅި ފަރާތަށް އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ފައިސާގެ އިނާމެއްގެ ދޭނެ ކަމަށެވެ. އެކަމަކު އެއީ ކިހާ ފައިސާއެއް ކަމެއް ނުބުނެއެވެ.

މިލަންދޫ ސްކޫލް ފެށި ތާރީޚެއް ކަމަށް އެ ސްކޫލުން ބަލަނީ މާކަނޑޫދޫ ސްކޫލް ފެށި ތާރީހެވެ. މިލަންދޫއަކީ މާކަނޑޫދޫ މީހުން ބަދަލުކުރަން ސަރުކާރުން ތަރައްޤީ ކުރި ރަށެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *