ނަބާއާއި ސަހަފު: ތޮއްޑޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުން

އެއްވަނައަށް ދިޔަ ނަބާ (ކ) އަދި ސަހަފު (ވ)ގައި ދެ ދަރިވަރުންނަކީ ވެސް ފާއިތުވި ދެ އަހަރު ތޮއްޑޫ ސްކޫލްގެ ކެޕްޓަނުން- ފޮޓޯ: ތޮއްޑޫ ސްކޫލް

ފާއިތުވި ދިރާސީ ދެ އަހަރު ތޮއްޑޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ. 2019 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އާދަމް ސަހަފު ނަސީމެވެ. 2021-2022 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ފާތުމަތު ނަބާ އަބްދުﷲއެވެ.

ޕްރިފެކްޓްކަމާއި ސްކޫލްގެ ކެޕްޓަން ކުރި ސަހަފު ވަނީ، ސާނަވި އިމްތިޙާނުގައި ދެ އޭސްޓާއާއި ދެ އޭގެ އިތުރުން ހަތަރު ބީ ހޯދާފައެވެ. ޕްރިފެކްޓެއްގެ އިތުރުން ސްކޫލްގެ ކެޕްޓަންގެ ޒިންމާ އަދާކުރި ނަބާ ވަނީ ސާނަވީ އިމްތިޙާނުގައި ފަސް އޭ ސްޓާއާއި ތިން އޭ ހޯދާފައެވެ. ނަބާ ވަނީ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައިގައިވެސް ހިމެނިފައެވެ.

ތޮއްޑޫ ސްކޫލުން ބުނީ 2019 ވަނައަހަރު އެ ސްކޫލްގެ 25 ދަރިވަރުން ސާނަވީ އިމްތިޙާނުގައި ބައިވެރިވެ، ފަސް މާއްދާއިން 28 އިންސައްތަ ކުދިން ފާސްވެފައިވާއިރު، 2020-2021 ވަނަ އަހަރު 18 ކުދިން ބައިވެރިވެ، 44 އިންސައްތަ ކުދިން ފަސް މާއްދާއިން ފާސްވެފައިވާ ކަމަށެވެ.

ތޮއްޑޫ ސްކޫލްގައި 400 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ ސްކޫލްގައި އޭލެވެލްއަށް ކިޔަވައިދޭން ފެށީ ދާދީ ފަހުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *