"މަޖީދިއްޔާ ފޯރ ނޭޗަރ" ގެ ނަމުގައި ގަސްއިންދުމުގެ ހަރަކާތެއް

މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ގަސް އިންދަނީ- ފޮޓޯ: މަޖީދިއްޔާ ސްކޫލް

95 ވަނަ އަހަރީ ދުވަހާ ގުޅިގެން " މަޖީދިއްޔާ ފޯރ ނޭޗަރ" ގަސްއިންދުމުގެ ހަރަކާތެއް

ބާއްވައިފިއެވެ. މި ހަރަކާތް ފައްޓަވައި ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން ވަނީ 1927 ގަސް އިންދާފައެވެ. އިންދި ގަހުގެ އަދަދު ކަނޑައަޅާފައި ވަނީ މަޖީދިއްޔާ އުފެއްދި އަހަރަށް ނިސްބަތް ކޮށެވެ. މަޖީދިއްޔާ ސްކޫލް ހުޅުވީ 1927 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.

ގަސް އިންދުމުގެ ހަރަކާތަށް އެޗްޑީސީގެ އެއްބާރުލުމާއި އެހީތެރިކަން ލިބުނު ކަމަށް މަޖީދިއްޔާ ސްކޫލުން ފާހަގަކުރެއެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމާއި ސަތޭކަ އަހަރުގެ ކައުންޑައުން ފެށުމުގެ ގޮތުން މަޖީދީ ރަންގެ ނަމުގައި ދުވުމެއް މި މަހުގެ 17 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *