މާވަށު ސްކްލްގެ ޔުނީފޯމް ހަރަކާތްތަކަށް އެރަށު ކައުންސިލުން ވިހި ހާސްރުފިޔާގެ އެހީއެއްް ދީފިއެވެ. މިއީ މާވަށުގެ ސްކޫލްގެ ޔުނީފޯމް ހަރަކާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ އަދަދެވެ.
މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިޙާ ރަފީއު ދަރިވަރު ނޫހަށް ވިދާޅުވީ، ކައުންސިލުން ފޯރުކޮށްދިން އެހީ ބޭނުން ކުރާނީ ޔުނީފީން ހަރަކާތްތަކުން ބާއްވާ ކޭމްޕް ތަކުގައި ބޭނުންކުރާނެ ޓެންޓް ހެދުމަށެވެ.

" އަޅުގަނޑުމެންނަށް މި ވަގުތައް އެންމެ މުހިންމީ ކޭމްޕް ތަކުގައި ބޭނުންކުރާނެ ޓެންޓް" ޒުލައިހާ ވިދާޅުވިއެވެ.
އޭނާ ވިދާޅިވި ގޮތުގައި ސްކައުޓާއި، ކަބްސްކައުޓާޢި ގާލްގައިޑާއި ލިޓްސްމެއިޑާއި، ސްޓާ ހަރަކާތްތައް ކުރިއަށް ގެންދާއިރު، މިހާރު ބޭނުން ކުރަން އޮތީ އެންމެ އަށް ޓެންޓް ކަމަށެވެ. އެހެންވެ ވިސްނުން ހުރީ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ގޮތަށް ޓެންޓްތައް ހަދާށެވެ.
" އަޅުގަނޑުމެން ބެނުންވާ ގޮތަށް ޓެންޓެން ހަދައިގެން އެއަށްދާ ޚަރަދު ބެލީ، އިތުރަށް ބޭނުންވާ އަށް ޓެންޓަށް 36،00 ރުފިޔާ އަރާ. ކައުންސިލުން ދިން އެހީތެރިކަމާއެކު އިތުރަަށް ބޭނުންވާ ފައިސާ ވެސް އެހީގެ ގޮތުގައި ލިބޭތޯ މަސައްކަތް އެބަކުރަން" 370 އެންހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ޒުލޭހާ ވިދާޅުވިއެވެ.
advertisment
ހިޔާލު