އެތައް ދަރިވަރުންގެ ހުނަރާއެކު އެތްލެޓިކްސް ޗެމްޕިއަންޝިޕް ނިންމާލައިފި

އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ހިމެނުނު ގދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޓީމް: މި ޓީމުން ވަނީ 16 ރަންމެޑަލް ހޯދާފައި

އެތައް ދަރިވަރުންގެ ހުނަރާއެކު އިންޓަރ ސްކޫލް 23 ވަނަ އެތްލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު މިއަދު ނިންމާލައިފިއެވެ.

47 ސްކޫލަކުން 1800 އެންހާ ދަރިވަރުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ މާލޭގެ 22 ސްކޫލަކާއި އަތޮޅުތެރޭގެ 25 ސްކޫލެކެވެ. މު މާރާތުގެ ގިނަ މެޑަލްތައް ގެންދިޔައީ އަތޮޅުތަކުގެ ސްކޫލްތަކާއި އެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުންނެވެ. މި މުބާރާތުގައި 102 އިވެންޓް ކުރިއަށް ގެންދިޔައެވެ.

އެންމެ ގިނަ އެވޯޑް ހޯދީ ގދ. އަތޮޅު ތަޢުލީމީމަރުކަޒުންނެވެ. އެ ސްކޫލުން ވަނީ 16 ރަން މެޑަލާއި 17 ރިހި މެޑަލާއި، 9 ރަންވަންލޯ މެޑަލް ހޯދާފައެވެ. 17 އަހަރުން ދަށުގެ ފިރިހެން ބައިން އެއްވަނަ އެ ސްކޫލް ހޯދިއިރު، އެ މަރުކަޒުގެ ނާހިލް ނިޒާރު ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމް ހޯދާފައެވެ.

އަދި 4*100 އަދި  4*200މީޓަރު ލިލޭގައިވެސް ގދ. އަތޮޅު ތަޢުލީމީމަރުކަޒުން ވަނީ ގައުމީ ރެކޯޑް މުގުރާލާފައެވެ.

19 އަހަރުން ދަށުން އެންމެ މޮޅު ފިރިހެން އެތްލީޓް، އިމާދުއްދީން ސްކޫލްގެ އަހުމަދު ވިޝާމް ވަނީ ތިން ރަންމެޑަލް ހޯދާފައެވެ. އެއީ 800 މީޓަރާއި، 1500 މީޓަރުގެ އިތުރުން 5000 މީޓަރެވެ.

އުމުރުފުރައިން އެއްވަނަ ހޯދި ސްކޫލްތައް

13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން، މުހައްމަދު ޖަމާލުއްދީން ސްކޫލެވެ.

13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން، އަފީފުއްދީން ސްކޫލް

15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން، އިސްކަންދަރު ސްކޫލް ޓީމް

15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން، ޖަލާލުއްދީން ސްލޫލް ޓީމް

17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން، ޓީމް ޝަރަފުއްދީން ސްކޫލް

19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް

19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

އެންމެ މޮޅު އެތުލީޓުން

15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓް-

ޔޫސުފު އަޔާން އާމިރު. އިސްކަންދަރު ސްކޫލް

15 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓް-

ފާޠިމަތު މާއިން ފަރީދު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓް-

ނާހިލް ނިޒާރު، ގދ. އަތޮޅުތަޢުލީމީ މަރުކަޒު

17 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓް-

ހައްވާ މިޒްނާ ފާއިޒު، ޝަރަފުއްދީން ސްކޫލް

19 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓް-

އަޙްމަދު ވިޝާމް، އިމާދުއްދީން ސްކޫލް

19 އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތުލީޓް-

އާމިނަތު ލަޔާނާ މުޙައްމަދު، ދާންދޫ ސްކޫލް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *