އިހަވަންދޫ ސްކޫލްގެ 53 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ޚާއްޞަ އެސަމްބްލީއެއް ބާއްވައިފިއެވެ.
މި އެސަމްބްލީ ޝަރަފުވެރިކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު ސަބާހެވެ. ރަށުގެ ކަމުވޮށިގެންވާ މީހުންނާއި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި އެސަމްބްލީގައި އަހަރީ ކޭކު ފެޅުއްވީ ކައުންސިލްގެ ރައީސްގެ އިތުރުން ސްކޫލްގެ އެ ސްކޫލްގެ ޕްރިންސިޕަލެވެ.

އިހަވަންދޫ ސްކޫލް ހުޅުވުނާ 1969 ވަނަ އަހަރު މޭ މަހުގެ 25 ވަނަ ދުވަހު މަކުތަބުއްނޫރުގެ ނަމުގައެވެ. އޭގެ ފަހުން 1981 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އިހަވަންދޫ މަކްތަބުގެ ނަމަށް ބަދަލުކުރިއެވެ. އިހަވަންދޫ ސްކޫލްގެ ނަމަށް ބަދަލުކުރީ 2003ގެ ސެޕްޓެމްބަރު މަހުގެ 21 ގައެވެ.

ސްކޫލް އެންމެ ފުރަތަމަ ހުޅުނުވުނުއިރު ސްކޫލްގެ އިސްވެރިއަކަށް ހުންނެވީ އިހަވަންދޫގެ ކުރީގެ ކަތީބު ، އިހަވަންދޫ ވައިޖެހޭގޭ އަލްމަރުހޫމް އަބްދުއްސަމަދު ހުސެއިނެވެ.
މަރުހޫމް ޢަބދުއްޞަމަދު ހުސެއިންގެ އިރުޝާދުގެ ދަށުން ސްކޫލްގެ ކިޔަވައިދިނުން ބެލެހެއްޓެވީ އެދުވަސްވަރު މުދިމެއްގެ މަގާމުގައި ހުންނެވީ އިހަވަންދޫ ހާޝިމީމަންޒިލް އަލްފާޞިލް އަބުދުލްޣަނީ ހުސެއިނެވެ. ފަހުން ޢަބްދުލްޣަނީވަނީ ރަށުގެ ބޮޑުކަތީބުކަމާއަ ސްކޫލްގެ ނާޒިރުކަންވެސް ކުރައްވާފައެވެ.

އިހަވަންދޫ ސްކޫލް ހުޅުވުނު އިރު މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރެއްވީ އިހަވަންދޫ ދަނބުގޭ މަރުހޫމް މޫސާ ހުސެއިނާއި ގުލްބަކާގެ ހަސަން މުހައްމަދު ( ކުޑަހަސަންބޭ) އެވެ. މީގެ އިތުރުން އިހަވަންދޫ ގުލްފާމުގޭ އަލްމަރުހޫމް ޢަބްދުﷲ މޫސާ (އަލިބޭމޫސަ ދޮންތުއްތު) އެވެ.
އިހަވަންދޫ ސްކޫލަށް 53 އަހަރު ފުރުނުއިރު، އެ ސްކޫލުން އަށް ސަތޭކައެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އަދި އެ ސްކޫލުން އަންނީ ޤައުމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.
advertisment
ހިޔާލު