ފިޔަވަތީގައި ތިބި ނުވަ ކުއްޖަކު މަނަދޫގައި ހުޅުވި އަމާންވެއްޓަށް

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބި ނުވަ ކުއްޖަކު ނ. މަނަދޫގައި ހުޅުވި އަމާންވެއްޓަށް ބަދަލުކޮށްފިއެވެ.

އެކުދިން ބަދަލުކުރީ ނ.މަނަދޫ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި "އަމާންވެށި"ގެ ނަމުގައި ތަނެއް ގާއިމް ކުރުމަށްފަހުއެވެ. މަނަދޫގައި ގާއިމްކުރި އަމާންވެށީގައި ދިހަ ކުދިންގެ ޖާގަ ހިމެނޭއިރު، އެތަނަށް ބަދަލުކުރީ އަންހެން ކުދިންނެވެ.

ފިޔަވަތީގެ ބަދަލުގައި އަތޮޅުތެރޭގައި ގާއިމްކުރާ ސެންޓަރުތަކަށް ކުދިން ބަދަލުކުރަނީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން އެކުދިން ހެދިބޮޑުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

އަމާންވެށީގެ ނަމުގައި ރާއްޖޭގެ 11 ރަށެއްގައި ސެންޓަރުތައް ހިންގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *