ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ފޮތް ހަދިޔާކުރަން ހުޅުވާލައިފިއެވެ.
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން ބުނީ ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެ އިދާރާއިން ބުނީ ހަދިޔާ ކުރާ ފޮތް އެއީ ބޭނުން ކޮށްފައިވާ ފޮތެއް ނަމަ ފޮތުގެ ހާލަތު ޗެކްކުރަންވާނެ ކަމަށާއި، އަދި އެ ފޮތަކީ ކުޑަކުދިންނަށް ޚާއްސަ ފޮތެއްކަން ވެސް ކަށަވަރުކުރަން ވާނެ ކަމަށެވެ.
ފޮތް ހަދިޔާކުރަން ހަމަޖެހިފައި ވަނީ މާލޭގައި ނަމަ ބިއްލޫރިޖެހިގޭގައި ހުންނަ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއަށެވެ. އަތޮޅުތެރޭގައި ނަމަ ފެމެލީ އެންޑް ޗިލްޑްރަން ސާވިސްސެންޓަރު ތަކަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި 11 މަރުކަޒެއްގައި ކުދިން ބަލަހައްޓަމުން ގެންދެއެވެ. ގިނަ ކުދިން ގެންގުޅެނީ އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ސެންޓަރުތަކުގައެވެ.
advertisment
ހިޔާލު