ޤަޠަރުގެ ރޯޔަލް ކްރައުން ސްކޫލާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތަޖުތިބާ ޙިއްސާކުރަނީ

ޤަޠަރުގެ ރޯޔަލް ކްރައުން ސްކޫލާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތަޖުތިބާ ޙިއްސާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ، އައިއޯސީސީގެ ރައީސް ޤަޠަރަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، މިއަދު ޤަޠަރުގެ ވެރިރަށް ދައުޙާގައެވެ. ރޯޔަލް ކްރައުން ސްކޫލްގެ ފަރަތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޗެއާމަން ޕްރޮފެސަރ މުޙައްމަދު ޢަބްދުއްރަޙުމާން އެވެ. ކޮއްކޮމެން ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް އަދި ކޮއްކޮމެން ސްކޫލްގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ޤަޠަރުގެ ރޯޔަލް ކްރައުން ސްކޫލާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތަޖުތިބާ ޙިއްސާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ

މި އެއްބަސްވުމުގެ ދަށުން ކޮއްކޮމެން ޕްރީ ސްކޫލްގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

ރޯޔަލް ކްރައުންގެ ދަށުން ޤަޠަރުގައި ދެ ޕްރީ ސްކޫލާއި ޕްރައިމަރީ ސްކޫލެއް ހިނގަމުން ދެއެވެ.

ކޮއްކޮމެން ޕްރީ ސްކޫލުން ވަނީ ދިރާސީ އާ އަހަރަށް ކުދިން ވަނުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *