އުފާވެރި ވަގުތު ކޮޅެއް: ހަތަރު ބެއިން ގުރެޖުއޭޓްވީ އެކީގައި

ގުރެޖުއޭޓްވި ހަތަރު ބެއިން މަންމައާއެކު

އެއް އާއިލާއެއްގެ ހަތަރުބެއިން އެކީގައި ގުރެޖުއޭޓް ވުމަކީ މަދުން ނޫނީ ރާއްޖޭގައި ނުވާނެ ކަމެކެވެ. މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީގައި ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ޝަރަފު ދެވިހި އާއިލާއަކުން ހޯދައިފިއެވެ. މި ޝަރަފު ހައްޤުވެރިއަކީ އެ ހަތަރުބެއިންގެ މަންމަ ގދ. ތިނަދޫގައި މިހާރުވެސް ދިރިއުޅެމުން ގެންދާ މަރިޔަމް ޖަމީލާއެވެ.

އެ ހުރިހާ ދަރިން މާލެ ފޮނުވައިގެން ކިޔަވައި ދިނުމަކީ އެއީ އަބަދުވެސް 73 އަހަރުގެ ޖަމީލާ ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެނުގައި ކުލަޖެހުނު ވަގުތަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. ހަތް ދަރިންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ތިބީ މާސްޓަރސްއާ ހަމައަށް ކިޔަވައިގެންނެވެ. އެއީ އޭނާގެ ހަޔާތުގައި ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

" އެއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް. މިއީ ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖާ" ކުރުކޮށް ޖަމީލާ ބުންޏެވެ.

ގުރެޖުއޭޓްވި ހަތަރު ބެއިންނަކީ  އައިޝަތު ނާސިހާ ނައީމާއި، ނަޒާހަތު ނައީމާއި، އަހުމަދު މިޒްހަތު ނައީމާއި ނަޒްހަތު ނައީމެވެ.

ނަޒާހަތާއި ނާސިހާ ގުރެޖުއޭޓްވީ ޑިޕްލޮމާ އިން ޓީޗިންގެ ދާޢިރާއިންނެވެ. މިޒްހަތާއި ނަޒްހަތު ގުރެޖުއޭޓްވީ މާސްޓާސް އޮފް އިސްލާމިކް ރިވީލް ނޮލެޖް ލީޑަރޝިޕް އެންޑް އެންޑް އެޑްމިނިސްޓްރޭޝްގެ ދާޢީރާއިންނެވެ.

އިސްމާމިކް މިނިސްޓްރީގައި މަސައްކަތް ކުރަމުން އެ މިނިސްޓްރީން ލިބުނު ފުރުސަތެއްގައި އާކިޓެކްޓަރގެ ދާއިރާއިން ތައުލީމް ޙާޞިލް ކުރުމަށްފަހު، އޭނާ ކުރިން މަސައްކަތް ކުރެއްވީ މާލޭ ސިޓީކައުންސިލުގައެވެ. މީގެ އަހަރު ކުރިން ލޭބަރރިލޭޝަން އޮތޯރިޓީއަށް ބަދަލުވި ގޮތަށް މިޙާރު މަސައްކަތް ކުރައްވަމުން ގެންދަނީ އެތަނުގައެވެ. މި ވަގުތު އެ އިދޭރާ ހިންގުމާ ހަވާލުވެ ހުންނެވީ ވެސް މިޒްހަތެވެ.

ނަޒާަހަތު މަސައްކަތް ކުރައްވަނީ ޕްލޭނިންގ މިނިސްޓްރީގައެވެ. ސިވިލް އިންޖީނިއަރިން ދާޢިރާއިން މެލޭޝިޔާއިން ތައުލީމް ޙާޞިލް ކުރެއްވި ނަޒާހަތު މިހާރު ދަނީ ހައި ސްޕީޑް ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަޝްރޫއު ބަލަހައްޓަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *