މަދަހަ ރަންއަޑުގެ އެއްވަނަ ޒަޔާއަށް

މަދަހަ ރަންއަޑުގެ ސީޒަން ތިނެއްގެ އެއްވަނަ އާއިޝަތު ޒަޔާ ޝަހީމް ހޯދައިފިއެވެ.

މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ބާއްވަމުން އަންނަ ސިލްސިލާ މަދަހަ މުބާރާތުގެ އެންމެ ފަހުގެ ސީޒަން ކުރިއަށް ގެންދިޔައީ ރޯދަމަހުގެ ތެރޭގައެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 95 ބައިވެރިންނާއެކު މި މިމުބާރާތް ކުރިއަށް ގެންދިޔައީ ސައުދީ އެމްބަސީގެ އެހީތެރިކަމާއެކުގައެވެ.

މި މުބާރާތުގެ ނަތީޖާއިއުލާން ކުރީ ހޮނިހިރު ދުވަހުގެ ރޭ ގައެވެ. ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގައި ހުންނަވާ ސަޢުދީ ޢަރަބިއްޔާގެ ސަފީރު މަތްރިކް އަލް ދޮސަރީއެވެ.

މުބާރާތުގެ އެއްވަނަ ހޯދި ޒަޔާއަށް ވަނީ، ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ސައުދީ އެމްބަސީން ދެއްވާ ކްރިސްޓަލް ޓްރޮފީއާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ އިނާމް ހަވާލުކޮށްފައެވެ.

މި މުބާރަތުން ދެ ވަނަ ހޯދީ ޒުވައިލް ޢަލީ ޠާރިޤެވެ. ތިން ވަނަ ހޯދީ މުޝާތް މުސްތާޤެވެ.
މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ބުނީ، އެސްއެމްއެސް މެދުވެރިކޮށް އަތޮޅުތަކުން ހޮވި ބައިން އެއްވަނަ ބެލުންތެރިން ދިނީ، ކ. އަތޮޅުން ބައިވެރިވި އަޖްނާ ފާރިޒް ނިޒާރަށެވެ. ދެވަނަ ލިބުނީ، ހއ. އަތޮޅުން ވާދަ ކުރި ޢަހްމަދު ލުޔޫން އަމްޖަދަށެވެ. ތިން ވަނަ ލިބުނީ ފ. އަތޮޅުން ވާދަ ކުރި އިސްރާ ބިންތި މުޙައްމަދު ޝިފާނަށެވެ.

ބެލުންތެރިންގެ ހޮވުމުން ރަށު ފެންވަރުގެ ބައިން މުޅި މުބާރާތުގެ އެއްވަނަ ލިބުނީ ގދ. ފަރެސްމާތޮޑާ އާއިޝާ ޒާހިދަށެވެ. ދެވަނަ އައްޑޫސިޓީ ހިތަދޫ މަރްޔަމް އަޝާ ލަތީފް ހޯދިއިރު ތިން ވަނަ ލިބުނީ ޅ. ކުރެންދޫ ޢާއިޝަތު އަޝާ ޒިޔާދަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *