ފާއިތުވި ދިރާސީ އަހަރު ހދ. ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް އާމިނަތު ޒައިނާ ހުސައިން ހޯދައިފިއެވެ. އޭނާ ވަނީ އެ ސްކޫލްގެ ޓޮޕް އެޗީވާރސް ސްކޫލް އެވޯޑް ވެސް ހޯދާފައެވެ. ޒައިނާގެ އިތުރުން ދެން އެވޯޑް ލިބުނީ، ނިސްފާ އިބްރާހީމް ، އާމިނަތު ޒައިނާ ހުސައިން، އަދީބު އަލީ، އަދި އަސްފާގު އަލީއަށެވެ.

250 ކުދިން ތައުލީމް ހާޞިލްކުރަމުންދާ ކުމުންދޫ ސްކޫލްގެ ގުރޭޑް 9 ގެ ދަރިވަރު ނަދާ އިސްހާގު ވަނީ ޖެނެރަލް ޕްރޮފެސަންސީ ޕްރައިޒް ހޯދާފައެވެ. އޭގެ އިތުރުން ކްލާސް ޕްރޮގްރެސް ޕްރައިޒް، އަދި ޤުރްއާން، އިކޮނޮމިކްސް، ބަޔޮލޮޖީން ވަނީ ސަބްޖެކްޓް ޕްރައިސް ހޯދާފައެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ހދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ފަޔާޒެވެ. އަދި މި ޖަލްސާގައި ކުމުންދޫ ކައުންސިލް މެމްބަރު ޢަލީ ޤާސިމް، ކުމުންދޫ ކައުންސިލް ނާއިބު ރައީސް ޢަލީ އަންވަރު، ކުމުންދޫ ކައުންސިލް ރައީސް އަމީން މުޙައްމަދު، ރައްޔިތުންގެ މަޖިލިސް މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީ ވަނީ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.
advertisment
ހިޔާލު