ކުދިންބައިތިއްބާ މަރުކަޒުތަކަށް ދިރާގުން ޓީވީއާއި އިންޓަރނެޓް ހިލޭކުދިންބައިތިއްބާ މަރުކަޒުތަކަށް ދިރާގުން ޓީވީއާއި އިންޓަރނެޓް ހިލޭ ފޯރުކޮށްދެނީ
ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ކުދިންބައިތިއްބާ މަރުކަޒުތަކަށް ދިރާގުން ޓީވީއާއި އިންޓަރނެޓް ހިލޭ ފޯރުކޮށްދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ، އަމާން ހިޔާ އާއި އަމާން ވެށި މަރުކަޒުތަކުގެ ލެބްތަކަށް ބޭނުންވާ ހައި ސްޕީޑު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓާއި، ދިރާގު ޓީވީގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ ހަ މަރުކަޒަކަށް މިހާރުވެސް ދިރާގުން އެހީތެރިކަން ފޯރުކޮށް ދެއެވެ. އެއީ އަމާންވެށިގެ ނަމުގައި، ހއ، ދިއްދޫއާއި ށ. ފުނަދޫއާއި ބ. އޭދަފުއްޓާއި، ދ. ކުޑަހުވަދޫއާއި ލ. ފޮނަދޫއާއި ފުވައްމުލަކު ސިޓީއެވެ. މީގެ އިތުރުން އެހީތެރިކަން އަލަށް ދޭން ނިންމި ތަންތަނުގެ ތެރޭގައި ހިމެނެނީ، ނ. މަނަދޫއާއި ޅ. ނައިފަރާއި، މ. މުލަކާއި އައްޑޫ ސިޓީގައި ހުންނަ އަމާން ވެށީގެ އިތުރުން ހދ. ކުޅުދުއްފުށީގައި ހުންނަ އަމާން ހިޔާއެވެ.
ދިރާގުން ބުނީ، އަމާން ހިޔާއާއި އަމާންވެށި މަރުޒުތަކަށް ފޯރުކޮށްދޭ އެހީތެރިކަމުން "ޑިޖިޓަލް ލިޓްރެސީ" އާއި "އިންކްލޫސިވް އެޑިއުކޭޝަން"ގެ އަމާޒަށް ވާސިލުވާން އެޅޭ ފިޔަވަޅެއް ކަމަށެވެ.
advertisment
ހިޔާލު