އަލިފުށީ ސްކޫލްގެ ބެލެނިވެރިންގެ ހިޔާ ފަރުމާކޮށްގެން ދިހަހާސް ރުފިޔާގެ އިނާމެއް
އަލިފުށީގައި ހަދަން ނިންމާފައިވާ ބެލެނިވެރިންނާއި ދަރިވަރުންގެ ހިޔާ ފަރުމާ ކުރަން އެ ސްކޫލުން ހުޅުވާލައިފިއެވެ. އެއްވަނަ އަށް ހޮވޭ ފަރުމާއަކަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ބައިވެރިކުރާ ފަރުމާތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އަލިފުށީ ސްކޫލަށް ހުށަހަޅަން ޖެހެއެވެ.
އަލިފުށީ ސްކޫލްގެ ޕްރިންސިޕަލް ހަސަން ޔޫސުފު ވިދާޅުވީ، ބެލެނިވެރިންގެ ހިޔާ އިމާރާތް ކުރާނެ ފައިސާ އެރަށު ކައުންސިލުން ހަމަޖައްސާފައިވާ ކަމަށާއި، ދިރާސީ އާ އަހަރު ފެށޭއިރު، އެތަނުގެ ބޭނުން ހިފޭ ވަރަށް މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އެހެންވެ އަންނަ ޖޫންމަހުގެ 30ގެ ކުރިން އެތަން އިމާރާތް ކުރަން ބިޑަށް ހުޅުވާލާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
" ރީތި ފަރުމާއަކަށް އެތަން ތަރައްޤިކުރަން ބޭނުންވާތީ، އިނާމަކާއެކު ފަރުމާއެއް ހުށަހަޅަން ހުޅުވާލީ" ހަސަން ޔޫސުފު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 120 ފޯޓް ދިގު 15 ފޫޓް ފުޅާމިނުގެ އެ ހިޔާ އިމާރާތް ކުރަނީ ސްކޫލްގެ ބައުންޑަރީ އެތެރޭގައެވެ.
ގުރޭޑް ދިހައަކާ ހަމައަށް އަލިފުށީ ސްކޫލްގައި 400 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު