ކުޑަކުދިންގެ ދުވަހާ ގުޅިގެން ވ. ކެޔޮދޫ ސްކޫލުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ފަސް ދުވަހަށް ދެމިގެން ދިޔަ މި ހަރަކާތްތަކުގައި ކުދިންނަށް އުފާވެރިކަމާއި މަޖަލާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.
ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތަކީ " އުފަލުން މަޖާ ކާލަމާ" ގެ ނަމުގައި ހުރިހާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މަޖާ ކާލުމުގެ ހަރަކާތެވެ. މި މަޖާ ކެއުމުގައި އެކި ވައްތަރުގެ ތަކެތިން މަޖާ ހަދަން ބޭނުންކުރިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ކެޔޮދޫ ގޮނޑުދޮށް ސަރަހަދުގައެވެ.

ކުޑަކުދިންގެ ދުވަހަށް ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މޫދުކުޅިވަރާއި ގޮނޑުދޮށުގައި ވެސް ތަފާތު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. ހުރިހާ ކުދިންނަށް ތަފާތު ހަދިޔާތައް އެކި ފަރާތްތަކުން ހަދިޔާ ކުރަމުން ދިޔައިރު، ކެޔޮދޫ ސްކޫލްގެ އިސްދަރިވަރުންގެ ޖަމިއްޔާގެ ފަރާތުން ހުސްކުރީ " އައިސްކްރީމް" ވަގުތު ކޮޅެކެވެ. އެރަށު ސްކޫލްގެ ހުރިހާ ކުދިންނަށް އެ ޖަމިއްޔާއިން ވަނީ އައިސްކުރީމް ބަހާފައެވެ.

ކުޑަކުދިންވެ ދުވަހުގެ ހަރަކާތައް މެއި، މަހުގެ 10 ވަނަ ދުވަހު ފާހަގަކުރީ އެދުވަހު ބޭއްވި ޚާއްޞަ އެސަމްބްލީއިންނެވެ. ޕްލާސްޓިކް މަދުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ރަށުގެ އެތަންމިތަނުގައި ޖަމާވެފައި ހުރި ޕްލާސްޓިކް އެއްކުރުމަށް ދަރިވަރުން ނުކުމެ ހިންގި ހަރަކާތަކީ އިޖްތިމާއި ރޫހެއްގައި ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މުހިންމު އެއް ހަރަކާތެކެވެ.

މި ހުރިހާ ހަރަކާތެއް ކުރިރަށް ގެންދިއުމުގައި ބެލެނިވެރިންނާއި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ކެޔޮދޫ ސްކޫލަށް ލިބުނެވެ.
advertisment
ހިޔާލު