ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 566 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހިމެނެނީ، އެއް ޕީއެޗްޑީއާއި 84 މާސްޓާސްއާއި 42 ޕޯސްޓް ގުރެޖުއެޓް ޑިޕޮލަމާއާއި 151 ބެޗްލަރ ޑިގްރީ އާއި 16 އެސޯސިއޭޓް ޑިގްރީއާއި 56 ޑިޕްލޮމާއެވެ. އަދި 216 ސެޓްފިކެޓް ލެވެލްގެ އިލްމީ އެވޯޑް ދިފައިވެއެވެ.
އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ. ޕީއެޗްޑީ ހާޞިލް ކުރެއްވީ ޝެއިޙް ނަސްރުﷲ މުސްތަފާއެވެ. އޭނާ ޕީއެޗްޑީ ހެއްދެވީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީންނެވެ.
އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އެ ޔުނިވަރސިޓީގައި 83 ކޯހެއް ހިންގަމުންދާ ކަމަށާއި، 2595 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް 4485 ދަރިވަރުން ކިޔަވާ ނިންމާފައިވާ ކަމަށެވެ.
advertisment
ހިޔާލު