އަމީނިއްޔާ ސްކޫލްގައި ވިހި އަހަރު ދުވަހު ޓީޗެަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިންޑިޔާގެ މީނަކްޝީ ސުންދަރަމް ކުމާރު މިއަދު ނިޔާވެއްޖެއެވެ.
ވިހި އަހަރު އަމީނިއްޔާގައި އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، ރިޓަޔަރވީ މީގެ ދެ އަހަރުކުރިންނެވެ. އިކޮނޮމިކްސް ކިޔަވައިދިން ނަމަވެސް އިތުރު ހަރަކާތްތަކުގައި ދަރިވަރުންނާއެކު ބައިވެރިވެފައިވެއެވެ. ރިޓަޔަރވެ އަމިއްލަ ގައުމަށް އެނބުރި ދިޔައީ 2020 ވަނައަހަރުގެ ތެރޭގައެވެ. ނިޔާވިއިރު، އަންހެން ދަރިއަކު ހުރި ނަމަވެސް އަންހެނުން ވަނީ ކުރިން މަރުވެފައެވެ.
ކުމާރުގެ ނިޔާވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ތައުޒިޔާގެ މެސެޖްގައި ވަނީ އޭނާއަކި ބެލެނިވެރިންނާއި ޓީޗަރުންނާއި އަދި ދަރިވަރުންގެ ލޯބި ހޯދާފައިވާ ޓީޗަރެއް ކަަމަށެވެ.
އަމީނިއްޔާއިން ބުނީ، ދަރިވަރުންގެ ނަތީޖާއަށް އިސްކަންދީ، ދަރިަވަރުންގެ ލޯބްބާއި އިތުބާރު ހޯދި ޓީޗަރެއް ކަމަށެވެ.
advertisment
ހިޔާލު