ދެބަނަ ޓާމުގެ 89 ކޯހަށް ވަނުމަށް ދިވެހި ޤައުމީ ޔުނިވަރސިޓީން މިއަދު ހުޅުވާލައިފިއެވެ.
މިއަދު، އެ ޔުނިވަރސިޓީން ކޯސްތަކަށް ހުޅުވާލިއިރު، ސްޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިއަދު އިއުލާން ކުރި ކޯސްތަކުގެ ތެރޭގައި ނުހިމެނެނީ ސްކޫލް އޮފް މެޑިސިންގެ ކޯސްތައް އެކަންޏެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ދިހަ އެ ޔުނިވަރސިޓީގެ ދިހަ ފެކަލްޓީއެއްގައި 5615 ދަރިވަރުންނަށް މި ޓާމުގައި ކިޔެވުމުގެ ފުރުޞަތު އޮތް ކަމަށެވެ.
ދެވަނަ ޓާމުގައި ހުޅުވާލި ކޯސްތަކުގެ ތެރޭގައި އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަންއާއި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ހިމެނެއެވެ. މީގެ ތެރެއިން
މ ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަން ފަރުމާކޮށްފައި ވަނީ ކިޔެވުމުގެ ދާއިރާގެ ތަޖުރިބާ ނެތް ފަރާތްތަކަށެވެ.
އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ކޯސްތަކަށް ވަންނަ ބޭނުންވާ ދަރިވަރުންނަށް ފޯމު ހުށަހެޅޭނެއެވެ. ޔުނިވަރސިޓީން ބުނި ކޯސްތަކަށް ކުދިންނަގަނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. އެހެން ނަމަވެސް ބައެއް ކޯސްތަކަށް ކުދިން ނަގަން ނިންމާފައި ވަނީ މެރިޓް އުޞޫލުންނެވެ. ކިޔެވުން ފަށާނީ އަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ. ކޯސްތަކާ ގުޅޭ މައުލޫމާތު https://mnu.edu.mv/application-announcements-2022-term-2/ މި ލިންކުން ލިބޭއިރު، ޔުނިވަރސިޓީގެ https://portal.mnu.edu.mv/މި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅޭނެއެވެ.
advertisment
ހިޔާލު