"މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޝާނިފު ހޯދައިފި

"މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޝާނިފު(ކ) އަދި އޭނާއާ ވާދަކުރި ޖުމާން އާއެކު: ފޮޓޯ: މުލަކު ސްކޫލް

"މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން މ. މުއްޔަށް ޝާނިފު ޝަފީގް ހޯދައިފި ހޯދައިފިއެވެ. އޭނާާ ވާދަކުރީ މުލަކުގެ ޖުމާން މުހައްމަދާއެވެ. ޖުމާންގެ މައްޗަށް ޝާނިފު ކުރި ހޯދީ 2.89 ތަފާތަކުންނެވެ. މި މިބާރާތުގެ ފައިނަލް ސްޓޭޖްގައި ސާނިފާއި ޖޫމާން ދެ ފަހަރެއްގެ މަތިން ބައްދަލުކުރިއެވެ. އެ ދެ ފަހަރުވެސް ކުރި ހޯދީ ޝާނިފެވެ.

"މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޝާނިފު އާއިލާގެ މެންބަރުންނާއެކު:

ޝޯޓް ބޯޑް އިވެންޓްގައި އަށް ރާޅުގައި އަޅައިގެން 14.43 ޕޮއިންޓް ހޯދާފައެވެ. ޖޫމާނަށް އަށް ރާޅުން ހޯދުނީ 11.54 ޕޮއިންޓެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *