މާރަންދޫ ސްކޫލަށް ދެބުރީގެ އިމާރާތެއް، މޮޅަދޫ ސްކޫލަށް ތިން ކުލާސްރޫމް އިތުރުކުރަން ބަޔަކާ ހަވާލުކޮށްފި

މާރަންދޫ ސްކޫލްގައި އަޅާ ދެބުރީގެ އިމާރާތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ސޮއިކުރައްވަނީ- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ހއ. މޮޅަދޫ ސްކޫލަށް ދެބުރީގެ އިމާރާތެއް، އެ އަތޮޅު މޮޅަދޫ ސްކޫލަށް ތިން ކުލާސްރޫމް އިތުރުކުރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން، މޮޅަދޫގައި ދެ ކުލާސްރޫމް އަޅަން ހަވާލުކުރީ، ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. 200 ދުވަހުގެ ތެރޭގައި ދެ ބުރިއަށް ހަދާ މި އިމާރާތަށް އެކުންފުނިން ހުށަހާޅާފައި ވަނީ 7.9 މިލިއަން ރުފިޔާއެވެ.

މި އިމާރާތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރެއްވިއިރު، ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ  މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ކުށްރުވާންއެވެ.

ހއ.މޮޅަދޫ ސްކޫލަށް އިތުރުކުރާ ތިން ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން ހއ.މޮޅަދޫ ސްކޫލްގެ 03 މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 4.8 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 118 ދުވަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރެއްވިއިރު، ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *