ލ. ގަމު މުކުރިމަގު ސްކޫލްގެ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ކްލާސްރޫމް އިމާރާތް ކުރުމަށް ފައިސާ އެހީއެއް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވެ ދީފިއެވެ.
ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދިނީ 16،735 ރުފިޔާގެ އެހީއެކެވެ.
މުކުރިމަގު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޝަރީފު ވިދާޅުވީ، އެ ސްކޫލަށް ލިބުނު މި އެހީ ބޭނުންކުރާނީ ކުލާސްރޫމް އަޅަން ބޭނުންވާ ކޮންކްރީޓް ސާމާނު ގަތުމަށެވެ.
އޭނާ ވިދާޅުވީ ޖާގައިގެ ދަތިކަމާހުރެ މިފަދަ ކުލާސްރޫމެއްގ މުހިންމު ކަން އެ ސްކޫލަށް ވަރަށް މުހިންމު ކަމަށެވެ. އެހެންވެ ކުލާސްރޫމެއްގެ މުހިންމުވާތީ، އެކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލެއް އަތޮޅު ކައުންސިލާއި ރަށު ކައުންސިލަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
" ރަށު ކައުންސިލާއި އަތޮޅު ކައުންސިލުން ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޯށްދޭ ގޮތަށް އޮތީ. އަދި އެނޫން ފަރާތްތަކުން ވެސް އެހީތެރިކަން ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އުއްމީދު ކުރަނީ ކުރިއަށް އޮތް ފަސް މަހެންހާ ދުވަހުގެ ތެރޭގައި އެ ކުލާސްރޫމުގެ މަސައްކަތް ނިންމާލެވި، ބޭނުން ކުރެވޭވަރު ވާނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ އެ ކޫލާސްރޫމް ބޭނުންކުރާނީ، ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ހުނަރުތައް ދަސްކޮށް ދިނުމަށެވެ. " ގޭތެރޭގައި ކުރަންޖެހޭ ކަންތައައްތައްވެސް ކުދިންނަށް ކިޔަދީ އަމަލީ ގޮތުން ދަސްކޮށްދޭން އެބަޖެހޭ. ކެއްކުމާއި ފެހުން ފަދަ މަސައްކަތްތައް ވެސް ކުދިންނަށް މި ކުލާސްރޫމާއެކު ދަސްކޮށްދޭން ފަށާނަން" ޝަރީފު ވިދާޅުވިއެވެ.
70 ކުދިން ކިޔަވަމުންދާ މުކުރިމަގު ސްކޫލްގައި ކިޔަވައިދެމުން ގެންދަނީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 5 އާ ހަމައަށެވެ.
advertisment
ހިޔާލު