ބ. އޭދަފުށީގައި ހުންނަ ބަހިއްޔާ ޕްރީ ސްކޫލް ހިންގަން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ހަވާލުކުރަން ނިންމައިފިއެވެ. އެ ސްކޫލް ހިންގަން ހުޅުވާލި ބިޑް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއިން ކާމިޔާބު ކޮށްފައިވާ ކަމަށް އެ އެކަޑަމީއަށް އަންގާފައިވާ ކަމަށް ކުޅުދުއްފުށީ އޭދަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
ބަހިއްޔާ ސްކޫލްގެ ކިޔެވުން މެދުކެނޑިފައި އޮތުމުން، އޭދަފުށީ ރައްޔިތުންގެ ކަންބޮޑުވުން ފާޚުކުރަމުންނެވެ. މީގެ ކުރިން އެ ސްކޫލް ހިންގަމުން އައީ މައި ކޮލެޖުންނެވެ. އެ ދެ އަހަރު ދުވަހު ހިންގުމަށްފަހު، އެ ސްކޫލް ހިމްގަންވި އެއްވަސްވުން މައި ކޮލެޖުން ބާޠިލްކުރީ ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުންނެވެ.
ބަހިއްޔާ ޕްރީ ސްކޫލް ހިންގަން އޭގެ ފަހުން ހަވާލުކުރީ ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާއެވެ. ކިޔަވައި ދިނުން ނުފެށި ދިގުލައިގެން ދިއުމުން އެ އެއްބަސްވުން އޭދަފުށީ ކައުންސިލުން ބާޠިލްކުރުމަށްފަހު، ސްކޫލް ހިންގާނެ ބަޔަކު ހޯދަން އަލުން ހުޚުވާލީއެވެ.
އަންނަ ދިރާސީ އާ އަހަރާއެކު ބަހިއްޔާ ސްކޫލްގައި ކިޔަވަން ފަށާނެ ކަމަށް އޭދަފުށީ ކައުންސިލުން ވަނީ ބުނެފައެވެ.
advertisment
ހިޔާލު