ކުށުގެ ވެއްޓާ ކުދިން ދުރުކުރުމުގެ ބޭނުމުގައި ހަރުކަށި ފިޔަވަޅުތަކެއް މިލަންދޫގައި އަޅައިފި

ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުން ސްކޫލްތަކުގެ ދަރިވަރުން ސަލާމަތް ކުރުމަށް ށ. މިލަންދޫގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމީ، ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.

މިލަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިހާރަކަށް އައިސް ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވުމާއި، ސްކޫލުދަރިވަރުން މުހިންމު  ބޭނުމެއްނެތި ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނާތީ އާއި، މިފަދަ ޢަމަލުތަކަކީ އެ ދަރިވަރުން ކުށުގެ ވެށްޓަށް ހުށަހެޅިދާނެ ޢަމަލުތަކެއް ކަމުގައި ބެލެވޭތީ، އެކަން ހުއްޓުވައި، ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމުގެ މަޤުޞަދުގައި ރަށުގެ މުއައްސަސާތައް ގުޅިގެން ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނިޓަރ
ކުރުމަށް ނިންމާފައިވާކަމަށެވެ.
ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރި ގޮތް މޮނިޓަރ ކުރުމުގެ ގޮތުން އަންނަނިވި ކަންކަން ތަންފީޒު ކުރުމުގައި ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި ޢާއްމުކޮށް ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން މުއައްސަސާތަކަށް އެއްބާރުލުން ދިނުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެރަށު ކައުންސިލުން ބުނީ، ސްކޫލް ދަރިވަރުން، ކުޅިވަރުކުޅޭ ދަނޑުތައް ބޭނުންކުރާ ގަޑިއަކީ ހަވީރު 04:00 އިން 06:00 އަށެވެ. މިނޫން ވަގުތުތަކުގައި، ޚާއްސަކޮށް ރޭގަނޑު ދަނޑަށް ގޮސް ކުޅެން އުޅުމަކީ މަނާ ކަމެކެވެ. ކުޅެން ދިއުމަށް ކަނޑައަޅާފައިވާ ވަގުތު ފިޔަވައި އެހެން ވަގުތު ތަކުގައި ކުޅެން އުޅޭ ދަރިވަރުންނާއި، އަދި ކުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެކަމަށް އެކަށޭނަ ހެދުން (ކުޅިވަރު ކުޅުމުގައި ބޭނުންކުރާ ޖާރޒީ ފަދަ ހެދުން) ބޭނުން ކުރުމުގެ ބަދަލުގައި ހަވީރީ ހެދުން ލައިގެން ކުޅެންދާ ދަރިވަރުން ގެއަށް ފޮނުވާލާނެ ކަމަށެވެ. މިސްކިތަށް ނަމާދަށް ގޮސް މިސްކިތުގެ ބޭރާއި އެތެރޭގައި ވާހަކަ ދައްކައި، ސަކަރާތްޖަހާ ދަރިވަރުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށާއި، ރޭގަނޑު އެކި ސަރަޙައްދުތަކުގައި (ޖޯލިފަތި، ބޯޅަދަނޑު، ރަންފަސް ބީޗް، ސިކުނޑި ކުޅި ފަދަ ތަންތަނުގައި) ގްރޫޕް ހަދާފައި، ބެލެނިވެރިންނާއި ނުލައި އުޅޭ ދަރިވަރުން ގެޔަށް ފޮނުވާލައި، އެ ދަރިވަރުންނާއިމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ސްކޫލް ދަރިވަރުން، އެކަނި ނުވަތަ ގްރޫޕް ހަދާފައި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމަކީ މަނާކަމެއް ކަމަށާއި، އެފަދަ ތަންތަނަށް ދާނަމަ، ދާންވާނީ ބެލެނިވެރިޔަކާ އެކުގައެވެ. މިއާއި ޚިލާފުވާ ދަރިވަރުންނާއިމެދު ފިޔަވަޅު އެޅޭނެއެވެ ސްކޫލްގެ ދަރިވަރުން ވެސް، އައުޓްޑޯރ ޖިމް ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ އެތަން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުޞޫލާއި
އަދި އެގޮތުން ބެލެނިވެރިންނާއި ނުލައި އެތަނަށް ގޮސްއުޅޭ ދަރިވަރުން ގެއަށް ފޮނުވާލާނެ ކަމަށާއި، ދަރިވަރުން ބައިސްކަލު ދުއްވާއިރު ދުއްވަންވާނީ އެކަމާއި ހެދިފައިވާ ޤަވާއިދުތަކާއި
ބައިސްކަލުގެ ބުރެކި ރަނގަޅުކަން ކަށަވަރުކުރުމާއި، ރޭގަނޑު ބައިސްކަލު ދުއްވާނަމަ، ލައިޓް ހަރުކޮށްގެން ދުއްވަން ޚާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށެވެ.

މިލަންދޫ ކައުންސިލުން ބުނީ، ހަފުތާ ބަންދުގައި ނުވަތަ އެނޫން ދުވަސްތަކުގައި ވިޔަސް ދަރިވަރުން މޫދަށް އެރެންވާނީ ބެލެނިވެރިއެއްގެ ހާޒިރުގައި ކަމަށާއި، ހުކުރު
ދުވަހު ހެނދުނުގެ ވަގުތުގައި މޫދަށް އެރޭ ދަރިވަރުން ލަސްވެގެން 10:45 ގެ ކުރިން މޫދުން އަރަން ވާނެ ކަމަށެވެ.

އަދި އެކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ސްކޫލު ދަރިވަރުންނަށް ފޯނު ދިނުމާއި، އެ ދަރިވަރުން ސޯޝަލް މީޑިއާ ބޭނުންކުރާގޮތާއިމެދު ބެލެނިވެރިން މިހާރަށްވުރެ އިތުރަށް ހޭލުންތެރިވެ، ދަރިވަރުންގެ އެފަދަ ޢަމަލުތައް ގާތުން ބަލައި މޮނިޓަރ ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *