ދިވެހި ބަހުގެ އައު އަދަބީބަހެއް ހުށަހަޅައިގެން، އެއްވަނައަށް އަންނަ ފަރާތަކަށް މެލޭޝިޔާގެ ދެކޮޅު ޓިކެޓާއި އެއްހާސް ޑޮލަރު ލިބޭ މުބާރާތެއް އެސްޓީއޯއިން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މިއީ ދިވެހިބަހުގެ އަދަބީ ޚަޒާނާ މުއްސަނދި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި، އެންމެ ރަނގަޅު ފަސް އަދަބީހެއް ހޮވާ އޭގެ ތެރެއިން ފަނޑިޔާރުންގެ ޕެނަލަކުން ހޮވާ އަދަބީ ބަހެއް ހުށަހެޅި ފަރާތައް އިނާމެއްގެ ގޮތުގައި މެލޭޝިޔާގެ ދެކޮޅު ޓިކެޓާއި އެއްހާސް ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.
މި މުބާރާތަށް ހުށަހަޅާ އަދަބީ ބަހަކީ މީގެ ކުރިން އެއްވެސް ފޮތެއްގައި ޝާއިއުކޮށްފައިވާ ބަހަކަށް ވެގެން ނުވާނެ ކަމަށް މި މުބާރާތުގެ ގަވާއިދުގައި ބުނެފައިވެއެވެ.
އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ 00:00 ގެ ކުރިން މި މިބާރާތުގައި ބައިވެރިކުރާ އަދަބީ ބަސްތައް އެސްޓީއޯގެ ފޭސްބުކު ނުވަތަ ޓްވިޓަރގައި DhivehiAdhabeeBahaaiSTO# ހޭސްޓެގްގައި ޓެގްކޮށް، ޕޯސްޓްކުރަންޖެހެއެވެ. އެއަށްފަހު، ޕޯސްޓްކުރާ އަދަބީ ބަހާއި، އެބަހުގެ މާނައާއި އެބަސް ބޭނުން ކުރާ ހާލަތު އެނގޭނެ ފަދަ މިސާލެއްވެސް ހިމަނަންޖެހެއެވެ. އަދި އޭގައި ހުށަހަޅާ ފަރާތުގެ ނަމާއި ގުޅޭނެ ނަމްބަރުވެސް ހިމަނަން އެސްޓީއޯއިން އެދިފައިވެއެވެ.
މި މިބާރާތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އަދަބީ ބަސް ހަށަހަޅާއިރު، ވާހަކަ ދައްކާ ބަހުރުވަތަކުން ވެސް ހުށަހެޅޭނެއެވެ.
advertisment
ހިޔާލު