ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ދަށު ސާނަވީ ބައިގެ ގަދަ ދިހައެއް ހޮވައިފި

ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ދަށު ސާނަވީ ބައިގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުން

އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ ދަށު ސާނަވީގެ ގަދަ ދިހައެއް ހޮވައިފިއެވެ.

ގަދަ ދިހައެއްގައި ހިމެނު ސްކޫލްތަކުގެ ދަރިވަރުންނަށް ބަލާއިރު، އަތޮޅު ތެރޭގެ އެންމެ ސްކޫލެއް ފިޔަވާ ދެން ހިމެނީ މާލޭ ސަރަހައްދުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. އެންމެ ގިނަ ދަރިވަރުން ހޮވިފައި ވަނީ މަޖީދިއްޔާ ސްކޫލުންނެވެ. އެ ސްކޫލުން ތިން ދަރިވަރުން ހޮވިފައިވާއިރު، ޖަމާލުއްދީން ސްކޫލާއި އަރިބިއްޔާ ސްކޫލާއި އިސްކަންދަރުން ކުރެ ކޮންމެ ސްކޫލަކުން ދެ ދަރިވަރުން ހިމެނިފައިވެއެވެ.

ދަށު ސާނަވީ ބައިގެ އެންމެ މޮޅު 10 ދަރިވަރުން:

  • ނަމީރާ އަޙްމަދު ސަޢީދު – އަރަބިއްޔާ ސްކޫލު
  • ޔޫސުފް ނަވީން ސަޢީދު – މަޖީދިއްޔާ ސުކޫލް
  • މުއައްޔަދު މަބާޙު މުޙައްމަދު – އަރަބިއްޔާ ސުކޫލް
  • ފާތިމަތު ސާރާ ނަޛީރު – ޖަމާލުއްދީން ސުކޫލް
  • ޒައިން ޢަބްދުލް ޙަލީލް – އިސްކަންދަރު ސުކޫލް
  • އައިޝަތު ޢީޝާ އިބްރާހީމް – މަޖީދިއްޔާ ސުކޫލް
  • އައިޝަތު މީޝާ މުޖުތަބާ – އިސްކަންދަރު ސުކޫލް
  • އައިޝަތު ޝުފްރާ މުޙައްމަދު – މަޖީދިއްޔާ ސުކޫލް
  • ޙަދީޖާ ޒީން ޒާހިރު – ފުވައްމުލަކު ސުކޫލް
  • އައިޝަތު ރީމް ޢަބްދުއްރަޝީދު – ޖަމާލުއްދީން ސުކޫލް

ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި މިހާރު ކުރިއަށް ގެންދަނީ ދަށު ސާނަވިއާއި މަތީ ސާނަވީގެ ބައެވެ. ސާނަވި ބައި ކުރިއަށް ގެންދާނީ އޯލެވެލް އިމްތިޙާން ނިމުމުންނެވެ.

ދަށު ސާނަވީގެ ގަދަ ދިހައެއްގެ މެދުގައި ކުރިއަށް ގެންދާ ފައިނަލް ބުރު މިއަދު މެންދުރުފަހު ކުރިއަށް ގެންދާނެއެވެ. މުބާރާތުގެ އެންމެ މޮޅު ދަރިވަރުން ކަނޑައަޅާނީ މި ބުރުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *