ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ގަސްއިންދުމުގެ ހަރަކާތެއް ކަލާފާނު ސްކޫލުން ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި އެކްސްކޯ މެމްބަރުންނާއި ޕީޓީއޭއާއި ބެލެނިވެރިންނާއި އަދި 300 ދަރިވަރުން ވަނީ 500 ގަސް އިންދާފައެވެ.
ގަސްތައް އިންދީ ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު ސަރަހައްދުގައެވެ.

ގަސް އިންދުމުގެ މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. މި ހަރަކާތުގައި އެންވަޔަރަމަންޓް ޕްރޮޓެކްޥޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކަލާފާނު ސްކޫލުން ބުނީ އެޗްޑީސީއާ ގުޅިގެން މި ހަރަކާތް ކުރިއަށް ގެންދިޔައީ ކުޑަކުދިންގެ ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ " ކޮންމެ ކުއްޖަކަށް ވެސް ފާގަތި މުސްތަގުބަލެއް" މި ޝިޔާރުގެ ދަށުން ވެށި ހިމާޔަތް ކުރުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަމެއް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިތުރު ހަރަކާތްތަކެއް ވެސް އެ ސްކޫލްގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
advertisment
ހިޔާލު