ކޮލެޖް ޔުނިވަރސިޓީތަކުގެ ހޭންޑްބޯޅަ މުބާރާތުގައި ސާދަ ޓީމެއް ބައިވެރިވެއްޖެ

އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން ކޮލެޖް ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ބާއްވާ ހޭންޑް ބޯޅަ މުބާރާތުގައި ފަނަރަ ޓީމެއް ބައިވެރިވެއްޖެއެވެ.

އަންނަ ހުކުރު ދުވަހު ފަށާ މި މުބާރާތް މި މަހުގެ 31ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ފިރިހެން ހަތް ޓީމާއި އަންހެން އަށް ޓީމެވެ.

އައިޔޫއެމް ހޭންޑްބޯލް ފިއެސްޓާ 2022 ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމާއި ދިވެހި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިތުރުން ދެން ބައިވެރިވެފައި ވަނީ ވިލާ ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަނާއި ކްލިކް ކޮލެޖާއި، މެޕްސް ކޮލެޖާއި، އެމްއައި ކޮލެޖްގެ އިތުރުން މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. ސީއެޗްއެސްއީން ވަނީ މި މުބާރާތުގެ ހައި ސްކޫލްބައިގައި ބައިވެރިވެފައެވެ.

ކޮލެކްތަކާއި ޔުނިވަރސިޓީތަކަށް މިފަދަ މުބާރާތެއް މި ބާއްވަނީ ކޮވިޑްއާ ގުޅިގެން މިފަދަ މުބާރާތްތައް ނުބާއްވާތާ ދެ އަހަރެންހާ ދުވަސް ފަހުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *