ޕޮލިސް ކޮލެޖް ޓްރެކްގައި އައްޑޫ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުން ތަމްރީނަށް ބޭނުން ކުރަނީ

އިންޑިޔާގެ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ގާއިމްކުރި ޕޮލިސް ކޮލެޖްގައި ގާއިމް ކޮށްފައިވާ ޓްރެކްގައި އެ ސިޓީގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ތަމްރީނު ހަދަން ފަށައިފިއެވެ.

ރާއްޖޭގައި އޮތް އެންމެ ފުރިހަމައެއް ޓްރެކްގައި އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުން ތަމްރީނު ހަދަން ފެށީ މި މަހުގެ ތެރޭގައި މާލޭގައި ބާއްވާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕަށެވެ.

ޕޮލިސް އެކަޑަމީ ހުޅުވުމާއެކު ފުލުހުން ބުނެފައި ވަނީ 400 މީޓަރުގެ އެ ޓްރެކްގެ ބޭނުން ފުލުހުންގެ އިތުރުން އެހެން މުއައްސަސާތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ.

23 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް މިމަހުގެ 23ން 27އަށް މާލޭގައި ބާއްވާއިރު، އެ މުބާރާތުގައި 50 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ. މި މުބާރާތް ފާއިތުވި ދެ އަހަރު ނުބޭއްވި ވަނީ ކޮވިޑްއާ ގުޅިގެންނެވެ. އެތްލެޓިކްސްގައި އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފާއިތުވި އަހަރު ތަކުގައި ރަނގަޅު ކާމީޔާބީތަކެއް ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *