ކުޑަކުދިންގެ ދުވަހުގެ ހަރަކާތައް ބައްލަވައިލައްވަން ރައީސްގެ އަނބިކަނބަލުންނާއި އެޑިއުކޭޝަން މިނިސްޓަރު ބައެއް ސްކޫލްތަކަށް

ލިޓްލް ޖެމްސް ޕްރީސްކޫލުގައި މިއަދު ބޭއްވި ހަރަކާތްތައް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވަނީ ބައްލަވާލައްވައި- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މެއި މަހުގެ ދިހަ ވަނަދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، އެ ދުވަހާ ގުޅިގެން ސްކޫލްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު މާލޭގެ ބައެއް ސްކޫލްތަކަށް ޒިޔާރަތް ކުރައވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ލިޓްލް ޖެމްސް ޕްރީސްކޫލުގައި ބޭއްވި ޙަރަކާތްތައް ބައްލަވާލައްވާފައެވެ. ފަޒުނާގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތައް އެކި ދުވަސްތަކަށް ބަހާލައިގެން ސްކޫލްތަކުން ކުރިއަށް ގެންދާއިރު، ކަލާފާނު ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލި ވަނީ ބައިވެރިވެވަޑައިގަންނަވާ އެ ސްކޫލްގެ ދަރިވަރުންނާއެކު ވަގުތު ކޮޅެއް ހޭދަކުރައްވާފައެވެ.

ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ސްކޫލްތަކުން ދުރާލާ ތައްޔާރުވެ ވަރަށް ގުލަގަދަކޮށް ފާހަގަކުރަމުންދާ ދުވަހެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *