ހުރަވީ ސްކޫލުން ކުޑަކުދިންގެ ދުވަސް ފާހަގަކުރީ ފެނާއި މަޖަލުގައި

ހުރަވީ ސްކޫލުން ކުޑަކިދިންނަށް ބޭއްވި ވޯޓަރޑޭގެ ތެރެއިން;-ފޮޓޯ//ހުރަވީ ސްކޫލް

ހުރަވީ ސްކޫލުން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރީ ސަޕްރައިސް “ވޯޓަރ ޑޭ“ އަކުންނެވެ.

މި ދުވަހާ ގުޅިގެން، ތަފާތު އެކިއެކި ފެނުގެ ހަރަކާތްތައް މި ސްކޫލުންވަނީ ރާވާފައެވެ.

ތަފާތު ގްރޭޑް ތައް އެކި ދަންފަޅިތަކަކަށް ބަހާލެވިގެން، ނިމިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މި ދުުވަހަކީ ކާމިޔާބު ދުވަހެއްކަން، އެކުދިންގެ މޫނުމަތިންވެސް ފެނިގެންގޮސްފައިވެއެވެ.

ހުރަވީ ސްކޫލުގެ ދަރިވަރުން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން; ސްކޫލް މައިގޭޓު ކައިރީގައި ހަދާފައިވާ ވޯޓަރ ޕޫލުގައި ކުދިން;-ފޮޓޯ//ހުރަވީ ސްކޫލް

ކޮންމެ ދަންފަޅިއެއްވެސް ފެށިގެންދިޔައީ ދުވަހުގެ ޙާއްސަ އެސެމްބްލީއާއެކުގައެވެ. މި އެސެމްބްލީގައި، ޓީޗަރުންގެ ޓެލެންޓް ދައްކާލުމަށް، ސްޓޭޖް ޝޯއެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެއަށްފަހުު ކުރިއަށްދިޔައީ ކްލާސްތަކުގެ ޕާޓީއެވެ. ޕާޓީއަށްފަހު، ދުވަހުގެ މައި ހަރަކާތްތައް ފެށިގެންދިޔައެވެ. މި ގޮތުން، ޕްރައިމެރީ ގްރޭޑްތަކަށް، ވޯޓަރ ސްލައިޑެއްވަނީ ތައްޔާރުކޮށްފައެވެ. އަދި އެކި ވައްތަރުގެ ވޯޓަރ ޕޫލްތައްވެސް ވަނީ ތައްޔާރުކުރެވިފައެވެ.

ތައްޔާރުކޮށްފައިވާ ވޯޓަރ ސްލައިޑުގައި ދަރިވަރުން މަޖަލުގައި;-ފޮޓޯ//ހުރަވީ ސްކޫލް

”ވަރަށް މަޖާ އުފާވެރި ދުވަހެއް. ކުދިންނަށްވެސް ޓީޗަރުންނަށްވެސް.. ކުދިން ސްކޫލަށް ވަންނަ މައި ގޭޓު ކައިރިވެސް ބޮޑު ފެން ޕޫލެއްތައްޔާރު ކޮއްފަވާނީ، މަތީ ފްލޯތަކުގައި ތިބެ ފެން ހޮޅިތަކުން ފެންވެސް ޖެހި.. ހަމަ ފުލް ވޯޓަރ ޑޭއެއް” ހުރަވީ ސްކޫލުގެ ޓީޗަރެއް އޭނާގެ އިހްސާސްތައް ހިއްސާކުރިއެވެ.

ތައްޔާރުކޮށްފައިވާ ޕޫލްތަކުގައި ދަރިވަރުން ފެން ބަޑި ހިފައިގެން މަޖަލުގައި;-ފޮޓޯ// ހުރަވީ ސްކޫލް

ސެކަންޑްރީ ގްރޭޑްތަކުގެ ދަރިަވރުންނަށްވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން، ފެންތައްޓެއް ކުދިންގެ ބޯ މަތިން ޕާސްކުރުމުގެ ހަރަކާތާއި ސްޕޮންޖެއް ފެނުން ފޯކޮށް، އެހެންދިމާލެއްގައި ހުންނަ ބާލިދީއަކަށް ފެލާލުމުގެ ހަރަކާތްވަނީ ކުރިއަށްގެންގޮސްފައެވެ. މިިއިން ކޮންމެ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފަިއވަނީ ވަކި ވަގުތެއްގެ މުއްދަތަށެވެ.

ކުޑަކުދިންގެ ދުވަހު ހުރަވީ ސްކޫލުގެ ދަރިވަރުންގެ މޫނުމަތިން ފެނިގެންދިޔައީ ހިނިތުންވުމާއި އުފާވެރިކަން;-ފޮޓޯ//ހުރަވީ ސްކޫލް

މީގެ އިތުރުން، މި ހަރަކާތްތަކުގެ ތެރޭގައި ފެން ބަޑިން ފެން ޖެހުންވެސް ހިމެނެއެވެ.

ހުރަވީ ސްކޫލުުގެ ފެނުން ފުރިގެންދިޔަ މި ދުވަސް ފުރިހަމަވެގެންދިޔައީ ވެހުނު ވާރޭއާއެކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *