އަހަރީ ކޮށް ބާއްވަމުންގެންދާ މެލޭޝިޔާ އެޑިޔުކޭޝަން އެގްޒްހިބިޝަން 2022، މި މަހު 14އިން 15 އަށް ހުޅުވާލައިފިއެވެ.
މި އެގްޒްހިބިޝަނަކީ، މެލޭޝިޔާގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކާ ބައްދަލުކޮށް، އެ ޔުނިވަރިސޓީއަކުން ކިޔަވައިދޭ ކޯސް ތަކާއި، އެ ކޯސްތައް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ސާފުކުރުމަށް ބޭއްވޭ އެގްޒްހިބިޝަނެކެވެ.
މި އެގްޒްހިބިޝަނުގައި ވަނީ ސްކޮލަރޝިޕްގެ ފުރުސަތުތަކާިއ، ބާރސަރީ ( ދަރިވަރު ކިޔަވާ އިންސްޓިޓިއުޓަކުން، އެ ކުއްޖެއްގެ މާލީ ހާލަތަށާއި ކިޔެވުުގެ ފެންވަރަށް ބަލާ ދޭ އެހީ) ގެ ފުރުސަތުވެސް ހުޅުވާލައިފައެވެ.
ސްޕޮޓް-އެޑްމިޝަން އަށް ކުރިމަތިލާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލަިއފައެވެ. ވީމާ އެ ދަރިވަރެއްގެ މުހިއްމު ސެޓްފިކެޓްތައް ގެނެއުމަށް ވަނީ ބުނެފައެެވެ.
މި އެގްޒްހިބިޝަން ކުރިއަށްދާނީ މި ދެދުވަހުގެވެސް ހަވީރު 4:00 ން ރޭގަނޑު 10:00 ކަށް، އަޙްމަދިއްޔާ އިންޓަރނެޝަނަލް ސްކޫލުގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7731485 ކަށެވެ.
advertisment
ހިޔާލު