ބީއެމްއެލްގެ ވައު ކިޑްސް ރަން ބާއްވައިފި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ދިވެހި ބޭންކުން "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ ނަމުގައި ދުވުމެއް މިއަދު ހެނދުނު ބާއްވަފައިފިއެވެ. މިއީ ޓީއެފްޖީއާ ގުޅިގެން މި ދުވުން ކުރިއަށް ގެންދާ ފަސްވަނަ ފަހަރެވެ.

ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ހަތަރު އުމުރު ފުރައަކުން ހާހެންހާ ކުދިން ބައިވެރިވިއެވެ. ދިވެހި ބޭންކުން މި ދުވުން ކުރިއަށް ގެންދިޔައީ ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގައެވެ. މި ދުވުމުގެ ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން އެކުދިންނަށް އަންގައިދިނުމެވެ.

ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ދުވުން ކުރިއަށް ގެންދިޔައިރު، ތިން ކެޓަގަރީއެއގައި ބައިވެރި ކުދިން ދުވީ ބެލެނިވެރިންނާއެކުގައެވެ. އެއީ 1.3 ކިލޯމީޓަރަށް ދުވި، ހަތަރު އަހަރާއި ހަ އަހަރާ ދެމެދު ކުދިންނާއި، ދެ ކިލޯމީޓަރަށް ދުވި ހަ އަހަރާއި އަށް އަހަރާ ދެމެދެ ކުދިންނާއި، ތިން ކިލޯމީޓަރަށް ދުވި ދިހަ އަހަރާއި 13 އަހަރާ ދެމެދު ކުދިންނެވެ. ދިހަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ ކުދިން ދުވީ އެކުދިން އަމިއްލަ އަށެވެ.

ދުވުން ފުރިހަމަ ކުރި ކުދިންނަށް ބޭންކުން ވަނީ މެޑަލް ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *