5000ރުފިޔާގެ އެލަވަންސަކާއެކު އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

5000 ރުފިޔާގެ އެލަވަންސަކާއެކު އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝަންސް (އޭއޭޓީ) އާއި ދިވެހި ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.

މިއީ ޤައުމީ ސަނަދުގެ އޮނިގަނޑުން ބަލާއިރު ލެވެލް 4 ގެ ސެޓްފިކެޓް ލެވެލްގެ ޕްރޮގްރާމްތަކެކެވެ. އެއީ އޭއޭޓީގެ ސެޓްފިކެޓް 3 އަދި 4 އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ވޯލްޑް ބޭންކުގެ ކޯވިޑް19 ރިލީފް އެހީގެދަށުން، މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓާއި ގުޅިގެން، ދިވެހި މަސައްކަތްތެރިން ހުނަރު ކުރިއެރުވުމުގެ މަޤްޞަދުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ މިކޯސްތަކުގައި ބައިވެރިވުމަށް  ގްރޭޑް 10 ނިންމާފައިވާނަމަ ނުވަތަ ދާއިރާ އާއި ގުޅޭ ތަޖްރިބާހުރި ކޮންމެ ފަރާތަކަށް މިޕްރޮގްރާމްތަކުގެ ތެރެއިން ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓް ލިބިގެންދާނެވެ. މި ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު 22 މޭ 2022 އާ ހަމައަށް ވަނީހުޅުވާލާފައެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، މިކޯސްތަކުގައި ކިޔެވުން ފެށޭނީ މޭއި މަހުގެ 29 ވަނަ ދުވަހު ކަމަށާއި، މުއްދަތަކީ 8 މަސްދުވަހެވެ. މި ކޯހަކީ އެއްވަސް ފި އަކާއި ނުލާ ހިންގާ ޕްރޮގްރާމައަކަށްވާތީ، މިކޯހުގެ ހުރިހާ ޚަރަދަކާއި އިމްތިޙާންތަކުގައި ބައިވެރިވުމަށްޓަކައި ހިނގާނެ ހުރިހާ ޙަރަދެއް ކުރައްވާނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓުންނެވެ. މި ޕްރޮގްރާމުގެ ދަށުން ކިޔަވާ ކޮންމެ ދަރިވަރަކަށް 5،000 ރުފިޔާގެ މަހު އެލެވަންސެއް ދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *