މެލޭޝިޔާއާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްތެރިކަން ފުޅާކުރަނީ

މެލޭޝިޔާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ވޮކޭޝަނަލް ތަޢުލީމް ފުޅާކުރުމާ ގުޅޭ ގޮތުން މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓަރާއެކު ރާޢްޖޭގެ އެޑިޔުކޭޝަން  މިނިސްޓަރު ޑރ. އައިޝަތު އަލީ މަޝްވަރާކުރައްވައިފިއެވެ.

މާދަމާގެ ނިޔަލަށް މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ތަޢުލީމީވަޒީރު ވަނީ މެލޭޝިޔާގެ ޔުނިވަރސިޓީތަކާއި ސްކޫލްތަކަށް ޒިޔާރަތްކޮށް ތައުލީމާ ގުޅުން ހުރި ފުރޞަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގެ ސްކޫލްތަކުގެ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމާ ގުޅޭ ގޮތުން ވެެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރުގެ މި ދަތުރުފުޅުގެ ތެރެއިން، މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންނަށް އެސްސްސީ އިމްތިހާނުގައި ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ދަރިވަރުންގެ ބެލެނިވެރިންނަށް ޕޭރަންޓް ވިސާ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ރަޒްދީ ޖިޑިންއާ މަޝްވަރާ ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *