ގޫގުލްއިން ދިވެއްސަށް ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދައިފިއެވެ. ދިވެއްސާއެކު އިތުރު 24 ބަހެއް ޓްރާންސްލޭޓް ކުރެވޭ ގޮތް ގޫގުލްއިން ވަނީ ހަދާފައެވެ.
ގޫގުލްއިން ބުނީ، އަލަށް އިތުރުކުރި ބަސްބަހުން 300 މިލިއަނެއްހާ މީހުން ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އަލަށް އިތުރުކުރި ބަސްތަކާއެކު 133 ބަހަކުން މިހާރު ގޫގުލްއިން ޓްރާންސްލޭޓް ކުރެވޭނެއެވެ.
އަލަށް އިތުރުކުރި ބަސްތަކުގެ ތެރޭގައި ދިވެހި ބަހުގެ އިތުރުން އަސަމީސް، ބޯޖްޕޫރީ، ސާންސްކްރިތު، ކުރުދިޝް ހިމެނެއެވެ.
މައިކްރޯ ސްޕޮޓުން ވެސް ދާދި ފަހުން ވަނީ ދިވެހި ބަހަށް ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދާފައެވެ.
advertisment
ހިޔާލު