ދިރާސީ އާ އަހަރާއެކު އަމިއްލަ ސްކޫލްތަކުން ނަގާ ފީ ބޮޑުކުރަނީ

ދިރާސީ އާ އަހަރާއެކު އަމިއްލަ ސްކޫލްތަކުން ނަގާ އަގު ބޮޑުކުރަން ނިންމައި، ބައެއް ސްކޫލްތަކުން އެކަން ބެލެނިވެރިންނަށް އަންގައިފިއެވެ.

މާލޭގައި ހުންނަ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުން ވަނީ ފީއާ ގުޅޭ ގޮތުން ބެލެނިވެރިންނަށް ސިޓީއެއް ފޮނުވާފައެވެ. އެ ދެ ސްކޫލުން ފީ ބޮޑުކުރަން ނިންމައި ބެލެނިވެރިންނަށް އަންގައި ފޮނުވި ސިޓީގައި ބުނެފައި ވަނީ މުސާރަ ބޮޑުކުރަނީ ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާއެކު އެ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެއުމުގެ ގޮތުންނެވެ.

ދަރިވަރެއްގެ އަތުން 300 ރުފިޔާ އިތުރަށް ނަގަން ބްރައިޓްވޭއިން ފޮނުވި ސިޓީގައި ބުނެފައިވާއިރު، އަހުމަދިއްޔާއިން ބުނެފައި ވަނީ ދަރިވަރެއްގެ އަތުން ނަގާނީ 500ރުފިޔާއާ 600 ރުފިޔާ ދެމެދުގެ އަދަދެއް ކަމަށެވެ.

އަލަށް ގެންނަ ބަދަލާއެކު، ދިރާސީ އަހަރުން ފެށިގެން ބްރައިޓެވޭއިން ނަގާނީ، ޕްރީ ސްކޫލްގެ ދަރިވަރުންގެ އަތުން 2550ރުފިޔާއެވެ، ގުރޭޑް އެކަކުން އަށަކަށް 3275 ރުފިޔާއެވެ. ގުރޭޑް 9އާއި 10 ގެ ދަރިވަރުންގެ އަތުން 3550 ރުފިޔާ އަދި ގުރޭޑް 11އާއި 12ގެ ދަރިވރުންގެ ފީއެއްގެ ގޮތުއި ނަގާނީ 4250 ރުފިޔާއެވެ.

ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލާއެކު ފެންވަރު ރަނގަޅު ޓީޗަރުން ކިޔަވައި ދިނުމުގައި ދެމިތިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މުސާރައަށް ގެނައި ބަދަލާއެކު އަހަރު 500 މިލިއަން ރުފިޔާ އިތުރުވާނެއެވެ. އަދި އޭގެ އަސަރު ސީދާ ގޮތެއްގައި 8000 އެންހާ މުދައްރިސުންނަށް ކުރާނެއެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލާފައިވަނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *