ވާހަކަ ލިޔުމާއި މަޒުމޫނު ލިޔުމުން އެއްވަނަ އިހަވަންދޫ ސްކޫލަށް

ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތުގެ ފަޚުރުވެރި ވަނަތަކެއް އިހަވަންދޫ ސްކޫލުން ހޯދައިފިއެވެ. އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބޭއްވި ކުރުވާހަކަ ލިޔުމުގެ 33 ވަނަ މުބާރާތުގައި ސްކޫލްތަކަށް ހުޅުވާލި ތިން ބައިވެސް އިހަވަންދޫ ސްކޫލުން ވަނީ އެއްވަނަ ހޯދާފައެވެ.

އެ މުބާރާތުގެ ދަށު ސާނަވީ ބައިން އެއްވަނަ ލިބުނީ، ނަސްލުގެ ނަމުގައި އިހަވަންދޫ ސްކޫލްގެ ޒަމްޢަތު ބިންތު ޢަލީ ލިޔުނު ވާހަކައަށެވެ. ސާނަވީ ބައިން އެއްވަނަ ލިބުނީ އަސަރު ނަމުގައި ވާހަކަ ލިޔުނު ޖުމާނާ ޙާމިދު ޢަލީއަށެވެ. މަތީ ސާނަވީ ބައިން އެއްވަނަ ލިބުނީ އިހަވަންދޫ ސްކޫލްގެ  އާމިނަތު ޒަހާ ޒާހިރު ލިޔުނު ބުންޔާުދު އަށެވެ.

އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބޭއްވި މަޒުމޫނު ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ވެސް ގިނަ ވަނަތައް ލިބުނީ އިހަވަންދޫ ސްކޫލަށެވެ. މި މުބާރާތުގެ ދަށު ސާނަވީ ބައިން އެއްވަނަ ހޯދީ، ފަންނިއްޔާތުގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރުގެ މައްޗަށް މަޒުމޫނު ލިޔުނު ޖަމާލުއްދީން ސްކޫލްގެ އާމިނަތު އަލްޔާ ނަވީނަށެވެ. ސާނަވީ ބައިން އެއްވަނަ ހޯދީ ޓެކްނޮލޮޖީ ފުޅާގޮތެއްގައި ބޭނުންކުރަން ފެށުމުގެ ނަތީޖާގެ މައްޗަށް މަޒުމޫނު ލިޔުނު އިހަވަންދޫ ސްކޫލްގެ ުޙައްމަދު އުނައިޝެވެ. މަތީ ސާނަވީ ބައިން އެއްވަނަ ހޯދި އިހަވަންދޫ ސްކޫލްގެ އާމިނަތު ޒަހާ ޒާހިރެވެ. އޭނާގެ މަޒުމޫނު ބިނާކުރީ ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނެވިދާނެ ދިވެހި އަދަބީ އުފެއްދުންތަކުގެ މައްޗަށެވެ.

ސްކޫލްތަކުގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވި ފަރާތްތަކުގެ ތެރެއިން މަޒުމޫނު ލިޔުމުގެ ބައިން އެއްވަނަ ހޯދީ. ނ. މަނަދޫ ޕިޔާރާގެ، ޢާއިޝަތު ރަފާހާ ވާފިރެވެ. އޭނާގެ މަޒޫމޫނު ލިޔުނީ، ދިވެހިންގެ ސަގާފަތާއި އާދަކާދަ ނެތިދިއުމުގެ ބޮޑު ބިރުގެ މައްޗަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *