އަށާރަ އަހަރުން ދަށުގެ އާބާދީ 130،000އަށް

ރާއްޖޭގެ އާބާދީގައި އަށާރަ އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 130،856 ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓަޓިސްޓިކްސް އިން ބުނެފިއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު، 2221 ކުދިންގެ އިތުރު ވުމެކެވެ. ކުޑަކުދިންގެ އާބާދީއަކީ ޖުމްލަ އާބާދީގެ 23 އިންސައްތައެވެ.

ކުޑަކުދިންގެ ދުވަހާ ގުޅިގެން މިއަދު އެ ބިއުރޯއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ގިނައީ ފިރިހެން ކުދިންނެވެ. އެއީ 52 އިންސައްތައެވެ. އަންހެން ކުދިންގެ ނިސްބަތަކީ 48 އިންސައްތައެވެ.

ކުޑަކުދިންގެ އާބާދީގެ 51،000 ކުދިން ދިރިއުޅެމުން ގެންދަނީ ވެރިރަށް މާލެ ސިޓީގައެވެ. އެއީ 26،576 ފިރިހެން ކުދިންނާއި 24،424 އަންހެން ކުދިންނެވެ. އަތޮޅުތެރޭގައި ދިރިއުޅެމުންދާ ކުދިންގެ އަދަދަކީ 79،855 އެވެ. އެއީ 41،944 ފިރިހެން ކުދިންނާއި 37،911 އަންހެން ކުދިންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ، ފާއިތުވި 2021 ވަނަ އަހަރު، ސްކޫލްތަކުގައި 89،485 ދަރިވަރުން ކިޔަވަމުން ދިޔައެވެ. މީގެ ތެރެއިން އެންމެ ގިނަ ކުދިން ކިޔަވަމުން ދިޔައީ ޕްރައިމަރީ ގުރޭޑް ތަކުގައެވެ. އެއީ 50،725 ދަރިވަރުންނެވެ. ޕްރީ ޕްރައިމަރީގައި 17،726 ދަރިވަރުން ކިޔަވަމުން ދިޔައިރު، ސެކަންޑްރީ ގުރޭޑް ތަކުގައި ކިޔަވަމުން ދިޔައީ 18،105 ދަރިވަރުންނެވެ. މަތީ ސާނަވީގައި ކިޔަވަމުން ގެންދާ ދަރިވަރުންގެ އަދަދަކީ 2917 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *