އަފީފުއްދީން ސްކޫލުގެ ފައުންޑޭޝަން ދަރިވަރުން ކުޅެން ބޭނުންކުރާ ބިން މަރާމާތު ކުރުމަށްޓަކައި ކްލަބް ކޮރަލްސްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ވިއްސާރަވުމާއި ގުޅިގެން ފައުންޑޭޝަން ދަރިވަރުން ކުޅެން ބޭނުންކުރާ ބިމުގެ ހިޔާ ވަނީ ވެއްޓިފައެވެ. އެ ގޮތުން ކްލަބް ކޮރަލްގެ ހިލޭ އެހީތެރިކަމާއެކު މިހާރުވަނީ މި ސަރަހައްދު ހިޔާކޮށް ދާގަނޑު ދަމައިދީފައެވެ. މީގެ އިތުރުން ޕްރިންސިޕަލް ވިދާޅުވީ، އެރަށުގެ ޖަމިއްޔާތަކަކީ ވަރަށް ތަފާތު އެހާމެ އެއްބަރުލުންދޭ ޖަމިއްޔާތަކެއްކަމަށެވެ. ހަމައެހެންމެ ވަރަށް ގުޅިގެން މަސައްކަތްކުރާ ޖަމިއްޔާތަކެއްކަމަށެވެ. އެގޮތުން ސްކޫލުން ދަންނަވާލި ކޮންމެ ކަމެއްގައިވެސް ފުރިހަމަ އެއްބާރުލުން ދޭކަންވެސް ޕްރިންސިޕަލްވަނީ ފާހަގަކުރައްވާފައެވެ.
މިވަގުތު ސްކޫލަށް ދިމާވެފައިވާ ދަތިތައް ހިއްސާކުރަމުން ޕްރިންސިޕަލް ވިދާޅުވީ، އެ ސްކޫލަކީ، އަތިރިމަތީގައި ހުންނަ ސްކޫލަކަށްވެފައި ސްކޫލަށް ލޮނުގެ އަސަރުކުރާކަމަށެވެ. ހަަމައެއާއެކު، ޖާގައިގެ ދަތިކަންވެސްވަނީ ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސަރުކާރުން އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރަމުން ޕްރިންސިޕަލް ވިދާޅުވީ މި ޖާގައިގެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެންދާނެކަމަށެވެ.
އަފީފުއްދީން ސްކޫލަކީ، ފައުންޑޭޝަން އިން ފެށިގެން ގުރޭޑް 10 ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.
advertisment
ހިޔާލު