މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާނުގައި، ދިވެހިރާއްޖޭގެ 239 ސެންޓަރަކުން ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އެޑިއުކޭޝާން މިނިސްޓްރީއިން ހާމަކުރާގޮތުގައި މި އަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ސެންޓަރުތަކުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސްކަލްޗަރަލް ސެންޓަރުގައި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރ ތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާ ދަރިވަރުންވެސް ބައިވެރިވާނެއެވެ.
އިމްތިހާނު ބާއްވާ ސެންޓަރުތަކަށް މިދިޔަ ހަފްތާއިން ފެށިގެން އިމްތިހާނު ކަރުދާސްވަނީ ފޮނުވަން ފަށާފައެވެ. މި މަސައްކަތް 29 ވަނަ ދުވަހުގެ ކުރިން ނިމޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ފާހަގަކުރެއެވެ.
މިއަހަރު ޖުމްލަ 5939 ދަރިވަރުން ޑިޕާޓްމެން އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ދަށުން ބައިވެރިވާނެކަމަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ.
advertisment
ހިޔާލު