ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ރިސާރޗް ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ މުވައްޒަފުންނާއި ދަރިވަރުންގެ ތެރެއިން ރިސާރޗް ކުރަން ބޭނުންވާ ފަރާތްތަކަށް ޔުނިވަރސިޓީ ރިސާރޗް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފިއެވެ.
މިގޮތުން ގްރާންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
(ހ) ކުޑަ މިންވަރު: 10000( ދިހަހާސް) ރުފިޔާ އާ ހަމައަށް ފައިސާގެ އެހީދެވޭ
(ށ) މެދު މިންވަރު: 100000( އެއްލައްކަ) ރުފިޔާ އާ ހަމައަށް ފައިސާގެ އެހީދެވޭ
(ނ) މަތީ މިންވަރު: 1000000( އެއްމިލިއަން) ރުފިޔާ އާ ހަމައަށް ފައިސާގެ އެހީދެވޭ
ޔުނިވަރސިޓީގައި ރިސާރޗް މާހައުލެއް ޤާއިމް ކުރުމަށާއި، އެކެޑެމިކް މުވައްޒަފުންނަކީ ރިސާރޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް
އެހީތެރިވުމުގެ ގޮތުން ޔުނިވަރސިޓީގެ ބަޖެޓްގައި ހިމަނައިގެން 2014 ވަނަ އަހަރުން ފެށިގެން ރިސާރޗް ގްރާންޓް ދިނުމަށް މި
ޔުނިވަރސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ހިންގަން ބޭނުންވާ ރިސާރޗް ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ހޯދުމަށް
އެދެވިދާނެއެވެ. އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް ފައިސާގެ އެހީއަށް އެދެވިދާނެއެވެ. ރިސާރޗް ގްރާންޓް ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާރޗް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓްތަކަށް ކަންވެސް އެމްއެންޔޫ އިން ބުނެއެވެ.
advertisment
ހިޔާލު