ބިލެތްފަހީ ސްކޫލުން، އިއްޔެ އެ ސްކޫލުގެ މެންދުރު ދަންފަޅީގެ ދަރިވަރުންނަށް ރޯދަވިއްލުމެއް ބާއްވާފިއެވެ.
މި ރޯދަ ވިއްލުން ބޭއްވިގެން ދިޔައީ ބިލެތްފަހީ ސްކޫލުގެ ގޯތިތެރޭގައެވެ. އެ ސްކޫލުގެ ގޯތިތެރޭގައި އަޅައިގެން ދަރިވަރުން ރޯދަ ވީއްލުމަސް ތައްޔާރުވެގެން އައިސްފައިވަނީ ވަރަށް ފުރިހަމަ ކޮށެވެ. މި ރޯދަ ވިއްލުމުގައި އެ ދަރިވަރުންނަށް، ދީނީ ނަސޭހަތް ދިނުމާއި ދީނީ ސުވާލު ކުއިޒެއްވެސް ކުރިއަށްގެންދިޔައެވެ.

މި ސްކޫލުގެ ހެނދުނު ދަންފަޅީގެ ދަރިވަރުންގެ ރޯދަ ވީއްލުން ބާއްވާފައިވަނީ 23 އޭޕްރީލުގައެވެ. މި ދަރިވަރުންގެ ރޯދަ ވީއްލުން ބޭއްވިގެންދިޔައީ ބިލެތްފަހީގެ ހިތްގައިމު ރީތި ގޮނޑުދޮށުގައެވެ.

މި ދަރިވަރުންގެ މެދުގައިވެސް، ދީނީ ސުވާލާއި ޖަވާބު ދިނުމުގެ ހަރަކާތެއް ކުރިއަށްގެންދެވިފައިވާއިރު، އޯލެވެލް އިމްތިހާން ހަދާ ދަރިވަރުންގެ ބުރަ މަސައްކަތަށް ހިތްވަރުދީފައިވެއެވެ.

މި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އެކި ކްލާސްތަކުގެ ދަރިވަރުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ހަދިޔާ ވަނީ ބަދަލުކޮށްފައެވެ. އެގޮތުން، ތަފާތު ކާޑު ތަކާއި، ބަންދުކޮށްފައިވާ ހަދިޔަލާއި ހަނދާނީ ފުޅިފުޅި ވަނީ ބަދަލުކޮށްފައެވެ.

ރޯދަވީއްލުން ނިންމާލާފައިވަނީ، ގޮނޑުދޮށުގައި މަޣްރިބް ނަމާދުކުރުމަށްފަހުގައެވެ.
advertisment
ހިޔާލު