ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިއަހަރުގެ ދެވަނަ ޓާމްގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާންކޮށްފިއެވެ. މި އަހަރު ޖުލައި މަހު ފަށާ މި ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު ޖޫން 30ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.
މި ކޯސްތަކާއި ބެހޭ މައުލޫމާތާއި ފޯމް ޔުނިވަރސިޓީގެ ވެބްސައޓުިން ލިބެން ހުންނާނެއެވެ. މި ކޯސްތަކަށް ހުށައަޅާ ފަރާތްތަކުން، ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމް، އަސްލާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ ލިބިފައިހުރި ސަނަދުގެ ކޮޕީ، އައިޑީ ކާޑް ކޮޕީ އަދި ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ ހުށައެޅުމަށް އެ ޔުނިވަރސިޓީއިން ވަނީ އެދިފައެވެ.
މި ކޯސްތަކަށް އޮންލައިންކޮށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެއެވެ. ކޮންމެ ކޯހެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ 15 ކުދިން ހަމަވުމުންނެވެ.
މިއަހަރުގެ ފުރަތަމަ ޓާމްގައި ޤައުމީ ޔުނިވަރސިޓީއިން ތަފާތު ދާއިރާ ތަކުން ޖުމްލަ 113އަށްވުރެ ގިނަ ކޯސްވަނީ އިއުލާންކޮށްފައެވެ. ހަމައެހެންމެ މިއަހަރުގެ ދެވަނަ ޓާމްގައި 58 ކޯސް އެ ޔުނިވަރސިޓީއިން މިވަނީ އިއުލާންކޮށްފައެވެ.
advertisment
ހިޔާލު