މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރެންސިކް ސަރވިސަސް ޑިޕާޓްމެންޓުން ޑީއެންއޭ ޑޭ 2022 – ސްޓޫޑެންޓް އައުޓްރީޗް ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ، ފުލުހުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދެވުނީ އިސްކަންދަރު ކޮށީގައެވެ.

މާލޭގެ އެކި ސްކޫލްތަކުން ގްރޭޑް 7 ގެ ދަރިވަރުން ހިމެނޭހެން ޖުމްލަ 150 ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު، ކޮންމެ ސްޓޯލަކުން، ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ފޮރެންސިކްގެ މަޢުލޫމާތު ދީފާވެއެވެ. މީގެއިތުރުން ޑީއެންއޭއާ ގުޅޭ މަޢުލޫމާތާއި، އެ ލްބޯޓްރީން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރީލް 25ވަނަ ދުވަހަކީ ޑީއެންއޭ ދުވަހަށް ވީއިރު، ތަފާތު ހަރަކާތްތަކެއް ކުރިއަށް އޮތް އަހަރުތަކުގައިވެސް ކުރިއަށްގެންދިޔުމަށް ވަނި ހަމަޖެހިފާ ކަމަށް އެމްޕީއެސްއުން ބުނެއެވެ.
މި ޕްރޮގްރާމަކީ ޑީއެންއޭ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ޕްރޮގްރާމްގައި ބައިވެރިވި ކޮންމެ ދަރިވަރަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
advertisment
ހިޔާލު