މޭނާ ސްކޫލުގައި "ފެހިކުރަމާ"ގެ ނަމުގައި ޕްރޮގްރާމްއެއް

މޭނާ ސްކޫލުގައި "ފެހިކުރަމާ"ގެ ނަމުގައި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ވެލާ ރިސޯޓުން މުޅި އެއަތޮޅަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މޭނާ ސްކޫލުން ފާހަގަކުރެއްވި ގޮތުގައި، މި  ޕްރޮގްރާމްގެ ކުރިއަށް ގެންދެވުނީ ފުރަތަމަ ފޭސްއެވެ. އެއީ ހޭލުންތެރިކުރުމުގެ ސެޝަނެކެވެ. 1 ގަޑިއިރާ 30 މިނެޓުގެ މި ސެޝަނުގައި މައުލޫމާތު ދެއްވާފައިވަނީ، ވޭސްޓް މެނޭޖް މެންޓާއި ބެހޭ ގޮތުން ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވިއެވެ. އެގޮތުން އެންމެ ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ގޮތްތަކާއި، ކުނީގެ ސަބަބުން ދިމާވާ މައްސަލަތަކާއި އެކަމުގެ ހައްލުވަނީ ދަރިވަރުންނަށް ކިޔާދީފައެވެ. މީގެ އިތުރުންވެސް އެ އަތޮޅުގެ ރަށްތަކުގެ ކުނީގެ ހާލަތުތައްވެސް  ދަރިވަރުންނަށް ވަނީ ހިއްސާކޮށްފައެވެ. ހަމައެހެންމެ މި ޕްރޮގްރާމް އިންތިޒާމްކުރި ފަރާތުންވަނީ މޭނާ ސްކޫލަށާއި ރަށުގެ އެހެން ފަރާތްތަކަށް ތިމާވެއްޓާއި ރައްޓެހި ކޮތަޅާއި ފުޅި ހަދިޔާކޮށްފައެވެ.

މޭނާ ސްކޫލުން ފާހަގަކުރެއްވި ގޮތުގައި އެ ސްކޫލަކީ، ސިންގަލް ޔޫސް ކޮތަޅާއި އެފަދަ ތަކެތި ސްކޫލް މާހައުލަށް ވެއްދުން މަނާ ސްކޫލެކެވެ. އަދި ކުނީގެ މައްސަލައަކީ، މިއަދު ކުރިމަތިވެފައިވާ ސީރިއަސް މައްސަލައެއްކަމަށާއި މިކަމަށް ކުދިން ހޭލުންތެރިކުރުމަކީ މުހިއްމުކަމެއްކަމަށް އެ ސްކޫލުން ދެކެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *