ކުރިނބީ ސްކޫލުން، އެ ސްކޫލުގެ ޕްރައިމެރީ ގްރޭޑް ތަކުގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ "ރޯދަ ކުރުކުރުން 1443″، މި އިވެންޓުން ދަސްކޮށްދިނީ ކާބަފައިންގެ ޒަމާނުގައި ރޯދަ ކުރު ކުރި ގޮތްތަކެވެ. ޝަމިލްވެ އުޅުނު ކުޅިވަރުތަކެވެ.

މިއީ މިހާރު އެސްކޫލުގައި ކިޔަވައިދެމުން އަންނަ "ކަލްޗަރ އެންޑް މޯލްޑިވްސް" މި ތީމް ގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭ ފިލާވަޅެކެވެ. މި ފިލާވަޅު ނަގާދިނުމުގެ ގޮތުން، އެ ސްކޫލުގެ ގޯތިތެރޭގައި އިހުޒަމާނު ކާބަފައިން ކުޅެއުޅުނު ގިނަ ކުޅިވަރުތަކެއް އަތުރާފައި ހުއްޓެވެ. ރަށުގެ ގިނަ އިސްރަށްވެހިންވެސް މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.

މި އިވެންޓުގައި، ދަރިވަރުންނަށް ދަސްކޮށްދީފައިވަނީ، ފަސްއޮށް، ތަކުން ބަކުން، ތިންހަމަ، އޮށްވަޅުގޮނޑި ކުޅުމެވެ. އަދި ކޮރާ ކުޅުމާއި، ރާޒުވާ، ކެރަމް އަދި ތާސް ކުޅުންވެސް ވަނީ ކިޔައިދީފައެވެ.

ދަރިވަރުން މި ކުޅިވަރުތައް ކުޅެމުން ދިޔަ އިރު، ކާފަމާމަ މެން ދިޔައީ އެ ކުދިންނާއެކު މި މަޖަލުގައި ބައިވެރިވަމުންނެވެ. މިހާރަކަށް އައިސް މިފަދަ މަންޒަރުތަކަކީ ރާއްޖޭގެ ގިނަ ހިސާބުތަކުން ފެންނަ މަންޒަރުތަކެއް ނޫނެވެ. އެހެންކަމުން، މި އިވެންޓުގައި ބައިވެރިވި ހުރިހާ ކާފަމާމައިންނަށް ފެނުން މަންޒަރުތަކަކީ ހިތްގައިމު މަންޒަރުތަކެއްކަން ޔަގީނެވެ.

ރޯދަމަހު ރޯދަ ކުރުކުރުމަކީ ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ ކަމެކެވެ. އިހުޒަމާނުގައި ރޯދަކުރުކުރުމަށް ކުދިބޮޑެތި އެންމެން ތަފާތު ކުޅިވަރުތައް ކުޅުމުގައި ޝާމިލުވެއުޅެއެވެ.
advertisment
ހިޔާލު