ނައިފަރުގެ މިސްކިތްތަކުގައި އިމާމުވެ ފަސް ދަރިވަރަކު ދަމުނަމާދު ކުރަނީ

އިމާމުވެ ނަމާދު ކުރާ ދަރިވަރުންގެ ލިސްޓް ދިގުވަމުންދާޢިރު، އެ ލިސްޓަށް ނައިފަރުގެ ފަސްދަރިވަރަކު ވެސް ހިމެނިއްޖެއެވެ. އިމާމްވެ ނައިފަރު މިސްކިތްތަކުގައި ދަމުނަމާދު ކުރަނީ ގުރޭޑް ހަތެއް ގައި ކިޔަވަމުންދާ ޢަބްދުﷲ ޙަޔާން ހަމީޒާއި އާސިރު ޢާރިފް ޔޫސުފާއި އިސްމާޢީލް އަޝްހަމް އަޙްމަދާއި ޢާރިޝް އަބްދުﷲ އިބްރާހިމާއި މިރުޢާޝް ޙުސެއިން މިރުޒާއެވެ.

ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހިފްޒު ކުލާހެއްގައި ކިޔަވަމުން އަންނަ ފުރުޞަތު ދިނީ، މި ކުދިންގެ ހިތުގައި ޤުރުޢާނަށް އޮންނަ ލޯބި އިތުރުކޮށް ހިތްވަރު ދިނުމުގެ ގޮޮތުންނެވެ.

މި ކުދިން މިހާރު ވަނީ 12 ފޮތް ހިތުދަސްކޮށްފައެވެ.

 

 

ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މި ފުރުޞަތު ދަރިވަރުންނަށް ދީފައިވަނީ އިމާމުވެ ފަރުޟު ނަމާދުކުރުމުގެ ޤާބިލްކަން ބެލުމަށްފަހުގައެވެ.

ނައިފަރުގެ މިސްކިތްތަކުގައި ދަމުނަމާދުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރެއަކު ބަހާލައިގެން ދެ ދަރިވަރުން އިމާމުވެ ނަމާދުކުރާނެއެވެ. ކޮންމެ މިސްކިތެއްގައިވެސް ދަމުނަމާދުގެ 8 ރަކުޢަތާއި ވިތުރި ކުރާއިރު ކޮންމެ ކުއްޖަކަށް ކުރުމަށް ހަމަޖެހިފައިވަނީ 4 ރަކުޢަތްކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ވިތުރި ކުރާނީ ހިިފްޒު ކިލާހުން ކަނޑައަޅާފައިވާ މީހެއް ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ވަނީ މިސްކިތްތަކުގެ އިމާމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް ފާހަގަކޮށްފައެވެ. މި ދަރިވަރުން ކިޔަވަމުންދާއިރު އިމާމުން އަޑުއަހަމުންދާނެކަން ވެސް ވަނީ ކައުންސިލުން ވިދާޅުވެފައެވެ.

ކީރިތި ޤުރުޢާން ހިތުދަސްކުރާ ދަރިވަރުންނަށް މިފަދަ ފުރުޞަތުތަށް ލިބިގެންދިޔުމަކީ ޤުރުޢާނަށް ދަރިވަރުންގެ ހިތްތަކުގައި ދެވޮފައި އޮންނަ ލޯބި އިތުރުވެގެންދާނެކަމެކެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ނައިފަރުގެ މިސްކިތެއްގައި ދަރިވަރަކު ވަނީ އިމާމުވެ ދަމުނަމާދުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *