23 ވަނަ އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ މެއި މަހުގެ 23ން 27 އަށް މާލޭގައި ބާއްވަން ނިންމައިފިއެވެ. މި މުބާރާތުގައި 50 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އެންމެ ފަހުން މި މުބާރާތް ބޭއްވީ 2019 ވަނަ އަހަރުގައެވެ. އެ އަހަރު ބޭއްވި މުބާރާތުގައި 43 ސްކޫލަކުން 142 ޓިމަކުން ބައިވެރިވެފައިވާއިރު، 1274 އެތްލީޓުން ވާދަކުރިއެވެ. މި މުބާރާތް ނުބޭއްވި ލަސްވީ ކޮވިޑް19އާ ގުޅިގެންނެވެ. މިއީ ކޮވިޑަށްފަހު، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ޤަޢުމީ ފެންވަރުގައި ކުރިއަށް ގެންދާ ކުޅިވަރުގެ ދެވަނަ މުބާރާތެވެ.
މި މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ބައެއް ސްކޫލްތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
އެންމެ ފަހުން ބޭއްވި މުބާރާތް ކުރިއަށް ގެންދިޔައީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ބައެވެ. މިއިން ކޮންމެ ބަޔަކުން އަންހެން ކުދިންގެ ބަޔާއި ފިރިހެން ކުދިންގެ ބައި ވަކިން ކުރިއަށް ގެންދާނެއެވެ.
advertisment
ހިޔާލު