ތ. މަޑިފުށީ ސްކޫލާއި ހދ. މަކުނުދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފި

މަޑިފުށީ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ތ. މަޑިފުށީ ސްކޫލާއި ހދ. މަކުނުދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

މަޑިފުށި ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ޕީއެސްއައިޕީގެ ދަށުން މި މިމަސައްކަތަށް އެކުންފުނިން އެއްބަސްވެފައި ވަނީ 9.1 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ޖެހެނީ 330 ދުވަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ. ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުﷲ އެެވެ.

މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 365 ދުވަހުގެ ތެރޭގައި ނިންމަން އެކުންފުނިން އެއްބަސްވެފައި ވަނީ 12 މިލިއަން ރުފިޔާއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *